ޚަބަރު ފީތާ

ފީފާ ވޯލްޑްކަޕް 2018: ސެނެގާލް – ޖަޕާން

ގްރޫޕް އެޗްގައި ހިމެނޭ ޖަޕާން އަދި ސެނެގާލް ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗަށް ނިކުންނައިރު، މި ދެޓީމަކީވެސް ކުޅުނު ފުރަތަމަ މެޗުން މޮޅުވެ 3 ޕޮއިންޓް ހޯދާފައިވާ ދެޓީމެވެ. އެހެން ކަމުން މިރޭގެ މެޗަކީ ދެޓީމަށްވެސް ދެވަނަބުރު ޔަގީންކުރުމަށް މޮޅުވުން މުހިންމު މެޗެކެވެ. މިރޭގެ މެޗުން މޮޅުވާ ޓީމަކަށް ދެވަނަ ބުރު ޔަގީންވެގެން ދާއިރު، ބަލިވާ ޓީމަކަށްވެސް ދެވަނަ ބުރުގެ ފުރުޞަތު އަދި ނުގެެއްލޭނެއެވެ.

ޖަޕާން

މިރޭ ސެނެގާލް އާ ދެކޮޅަށް ޖަޕާން ނިކުންނައިރު، އެޓީމުގެ އެންމެ ފާހަގަކޮށްލެވެނީ ފުރަތަމަ މެޗުގައި ކޮލަމްބިއާ ކޮޅަށް ގޯލް ވައްދާލި ޔޫޔާ އޮސަކާއެވެ. ނެގި ކޯނަރަކުން ބޮލުންޖަހާ ކޮލަމްބިއާގެ ގޯލު ފޫއަލުވާލި މި ކުޅުންތެރިޔާ މިރޭގެ މެޗުގައި ވެސް ތަފާތު ދައްކާނެ ކަމަށް ބެލެވެއެވެ.

ދެވަނަ ކުޅުންތެރިއަކަށް ފާހަގަކޮށްލެވެނީ މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު ސިންޖީ ކަގާވާއެވެ. އޭނާ އަކީވެސް މިވަގުތު ވަރަށް ފޯމުގައި ހުރި ކުޅުންތެރިއެކެވެ.

މިރޭ ސެނެގާލްއާ ދެކޮޅަށް ޖަޕާނުން ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން

ކީޕަރު ކަވަޝިމާ، ހިއޔުން ސަކާއި، ޔޮޝިޑާ، ޝޯޖީ، ނަގަޓޯމޯ، ޝިބާޝްކީ، ހަސޭބޭ،  ހަރަގުޗީ، ކަގާވާ، އިންހުއި، އޮސާކާ.

ސެނަގާލް

ޖަޕާން އާ ދެކޮޅަށް ސެނެގާލް މިރޭގެ މެޗަށް ނިކުންނައިރު އެޓީމުވެސް މިވަގުތު އޮތީ ރަނގަޅު ފޯމެއްގައެވެ.

އެގޮތުން އެނެމް ފަހުން ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހި އެމްބަޔެ ނިއަންގް، އަދި އިޑްރިސާ ގުއެޔޭ އަދި ސަޑިއޯ މާނޭ އަކީ މިވަގުތު އެޓީމުގައި ވަރަށް ތަފާތު ދައްކާ ހުނަރުވެރި ކުޅުންތެރިންނެވެ.

މިރޭގެ މެޗުގައިވެސް މި ކުޅުންތެރިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ.

މިރޭ ޖަޕާނާ ދެކޮޅަށް ސެނެގާލް އިން ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން

ގޯލް ކީޕަރު އެން ޑިއާޔޭ، ވާގޯ، ސާނޭ، ކޮލިބަލީ، ސަބަލީ، ސާރ، ގުއޭޔޭ، ޑިއާޔޭ، މާނޭ، ޑިއޫފް، ނިއަންގް.

ދެޓީމުގެ ބައްދަލުކުރުންތަށް

ވޯލްޑްކަޕެއްގައި މި ދެޓީމު މިހާތަނަށް ވާދަކޮށްފައިނުވާއިރު، މިއީ މި ދެޓީމު ވޯލްޑްކަޕުގައި ބައްދަލުކުރާ ފުރަތަމަ މެޗެވެ.

Rate this post