ފީފާ ވޯލްޑްކަޕް 2018: ވަރުގަދަ ޕޮލަންޑް ބަލިކޮށް ސެނެގޯލް ފެށުން ރަނގަޅުކޮށްފި

 

ވަރުގަދަ ޕޮލަންޑުގެ މައްޗަށް 1-2 ގެ ނަތީޖާއިން ކުރިހޯދާ އެފްރިކާއަށް ނިސްބަތްވާ ސެނެގޯލްގެ ފެށުން އެޓީމު ްރަނގަޅުކޮށްފިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ގްރޫޕް އެޗްގައި ހިމެނޭ މި ދެ ޓީމު މިރޭ ބައްދަލުކުރި މެޗުގައި ސެނެގާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ޕޮލަންޑުގެ ތިއާގޯ ސިއޮނެކް އަތރުން ބައިކޮޅަށް ވަތް ލަނޑުން މެޗުގެ 37 ވަނަ މިނެޓުގައި ސެނެގޯލުން ވަނީ ލީޑުނަގާފައެވެ.

އިތުރު ލަނޑެއް ފެނިގެން ނުގޮސް ސިއޮނިކް އަތުން ބައިކޮޅަށް ވަތް ލަނޑުން ސެނެގާލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ޕޮލެންޑުން ދިޔައީ ރަނގަޅަށް ކުޅެ ސެނެގާލްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕޮލެންޑުގެ ކެޕްޓަން ރޮބަޓް ލެވެންޑޯސްކީ ހިލޭޖެހުމަކުން ސެނެގާލްގެ ގޯލަށް ފޮނުވާލި ހަމަލާ އެޓީމުގެ ކީޕަރު ވަނީ ސިފާއު ކޮށްފައެވެ. ހަމަ ޖެހިގެން އައި މިނެޓުގައި ޕީޒްޗެކަށްވެސް ވަނީ ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ސެނެގާލްގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ ޕީޒްޗެކް ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ.

ސެނެގޯލްގެ ދެވަނަ ލަނޑު އެޓީމުން ކާމިޔާބުކުރީ ޕޮލެންޑުގެ ހާފުގެ ތެރެއިން އެޓީމުގެ ކުޅުންތެރިއަކު ޑިފެންސްލައިނަށް ދިން ޕާހެއްގެ ފައިދާ ނަގައި މެޗުގެ 60 ވަނަ މިނެޓްގައި ނިއާންގްއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޕޮލެންޑުގެ ކީޕަރު ޝެޒްނީ ކައިރިން ވެސް ނައްޓާލުމަށްފަހުއެވެ.

ޕޮލެންޑުން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކްރިކޯވިއަކްއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ސެނެގާލް މި މެޗުން މޮޅުވިއިރު މިއީ 2002 ވަނަ އަހަރަށްފަހު އެޓީމު މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މިރޭގެ މެޗާއެކު ގްރޫޕް އެޗްގެ ފުރަތަމަ މެޗުތައް ކުޅެ ނިމިފައިވާއިރު މި ގްރޫޕްގައި ހިމެނޭ ސެނެގާލް އާއި ޖަޕާނަށް ވަނީ ތިން ޕޮއިންޓު ލިބިފައެވެ. މި ގްރޫޕްގައި ހިމެނޭ ޕޮލެންޑާއި ކޮލަމްބިއާ އަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި ގްރޫޕްގައި ސެނެގާލް ދެން ނިކުންނާނީ ޖަޕާނާއި ދެކޮޅަށެވެ. އަދި ޕޮލެންޑް ބައްދަލުކުރާނީ ޕޮލެންޑާއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.