ކޮލަމްބިޔާ ބަލިކޮށް ޖަޕާން ފެށުން ރަނގަޅުކޮށްފި

ވޯލްޑް ކަޕް ގްރޫޕު އެޗުގައި މިއަދު ހަވީރު ކޮލަމްބިޔާއާ ދެކޮޅަށް ކުޅުނު މެޗު ޖަޕާނުން ކާމިޔާބުކޮށްފިއެވެ.

މި މެޗު ޖަޕާނުން ކާމިޔާބު ކުރީ ކޮލަމްބިއާގެ މައްޗަށް 1-2 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ.

އިޝްތިހާރު Below Header ad

މި ދެ ޓީމު ބައްދަލުކުރި މެޗުގެ ތިންވަނަ މިނެޓްގައި ރެފްރީ ވަނީ ކޮލަމްބިޔާގެ ކާލޯސް ސަންޗޭޒް އަށް ރަތްކާޑު ދެއްކުމަށްފަހު ޖަޕާނަށް ޕެނަލްޓީއެއް ދީފައެވެ. މިއީ މުބާރާތުގައި ކުޅުންތެރިއަކަށް ދެއްކި ފުރަތަމަ ރަތްކާޑު ކަމަށްވާއިރު މިއީ ވޯލްޑްކަޕުގެ ތާރީޚުގައިވެސް މިހާ އަވަހަށް މެޗެއްގައި ރަތް ކާޑެއް ދެއްކި ފުރަތަމަ ފަހަރެވެ. ސަންޗޭޒް އަށް ރަތްކާޑު ދެއްކީ ކޮލަމްބިއާގެ ޕެނަލްޓީއޭރިއާ ތެރެއިން ބޯޅައިގައި އަތްލުމާ ގުޅިގެންނެވެ.

ޖަޕާނަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދީ މެޗުގެ ލީޑު އެޓީމަށް ނަގައިދިނީ ޝިންޖީ ކަގާވާއެވެ. ޖަޕާނުގެ މި ގޯލަށްފަހު ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކޮލަމްބިއާ އިން ކުޅުނުއިރު އެޓީމުގެ ކެޕްޓަން ރަޑަމެލް ފަލްކާއޯ ވަނީ ޖަޕާނުގެ ގޯލަށް ކައިރިކައިރީގައި ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. ފަލްކާއޯ ފޮނުވާލި އެ ދެ ހަމަލާގެ ހުރަހަކަށް ވެސް ވީ ޖަޕާނުގެ ކީޕަރު ކަވަޝިމާއެވެ.

އެ ދެ ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 39 ވަނަ މިނެޓްގައި ހުއާން ކުއިންޓޭރޯ ވަނީ ލަނޑެއްޖަހާ ކޮލަމްބިއާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ކޮލަމްބިއާ އަށް ލިބުނު ހިލޭޖެހުމަކުންނެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ޖަޕާނުން ކުޅުން ރަނގަޅުކޮށް ގޯލްޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފާވެއެވެ. ނަތީޖާއެއްގެ އެގޮތުން މެޗުގެ 73 ވަނަ މިނެޓްގައި ޔުޔާ އޮސާކާ ވަނީ ޖަޕާނުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން އެޓީމު މޮޅުކޮށްދީފައެވެ. މި ގޯލު އޮސާކާ ކާމިޔާބުކުރީ ލިބުނު ކޯނަރަކުން ގޯލް ކުރިމައްޗަށް ހުރަސްކުރި ބޯޅައެއް ކޮލަމްބިއާގެ ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.