ފީފާ ވޯލްޑްކަޕް 2018: ކޮލަމްބިއާ އަދި ޖަޕާން ބައްދަލުކުރާ މެޗަށް ބަލާލުމެއް

ގްރޫޕް އެޗުގައި ހިމެނޭ ކޮލަމްބިއާ އަދި ޖަޕާން ބައްދަލުކުރާ މެޗަކީވެސް ފޯރިގަދަ މެޗަކަށް ވެގެން ދާނެއެވެ. މި ދެޓީމަކީވެސް ވޯލްޑްކަޕުގައި އާންމުކޮށް ކުޅޭ ދެޓީމެވެ.

ކޮލަމްބިއާ

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފީފާ ރޭންކިންގެ 16 ވަނާގައި މިވަގުތު އޮތް ކޮލަމްބިއާ އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1962 ވަނަ އަހަރެވެ. އެ ފަހަރުގެ މުބާރާތުގައި ކޮލަމްބިއާ ވާދަކުރީ ގުރޫޕް ސްޓޭޖްގަ އެވެ.

އެއަށް ފަހު 1966 އިން 1986 ވަނަ އަހަރާ ހަމައަށް އޮތް ވޯލްޑް ކަޕްތަކަށް ކޮލަމްބިއާ ކޮލިފައި ވެފައެއްނުވެ އެވެ. ކޮލަމްބިއާ ދެވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވީ 1990 ވަނަ އަހަރު އިޓަލީގައި އޮތް މުބާރާތަށެވެ. އެ މުބާރާތުގެ ގަދަ 16 ބުރުން ކޮލަމްބިއާ ޖާގަ ހޯދި އެވެ.

ކޮލަމްބިއާ ވަނީ 1994 ވަނަ އަހަރާއި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ވާދަކޮށްފަ އެވެ. އެ ދެ ފަހަރު ވެސް ކޮލަމްބިއާ ވަނީ ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ.

ޖެހިޖެހިގެން ތިން ވޯލްޑް ކަޕަށް ކޮލިފައިނުވެ، ކޮލަމްބިއާ ދެން ކޮލިފައިވީ 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕަށެވެ. އެ މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ހޯދައި، ކޮލަމްބިއާ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އެވެ. މިއީ ވޯލްޑް ކަޕްގައި ކޮލަމްބިއާ އަށް ލިބުނު އެންމެ ރަނގަޅު ނަތީޖާ އެވެ.

ކޮލަމްބިއާގެ މުހިމްނު ކުޅުންތެރިންނަށް ބަލާއިރު، އެނެމް ތަޖުރިބާކާރު ކުޅުންތެރިއަކީ މޮނާކޯއަށް ކުޅެމުންއަންނަ ފޯވާޑް ރަމަޑެލް ފަލްކާއޯއެވެ.

ކޮލަމްބިއާގެ ޤައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ފަލްކާއޯ އަކީ އެ ޤައުމުގައި އުފެދުނު އެންމެ މޮޅު އެއް ފޯވަޑެވެ. ގޯލާ ރައްޓެހި، ހުނަރުވެރި ފޯވަޑް ވަނީ ޤައުމީ ޓީމަސް މިހާތަނަށް 70 އަށްވުރެ ގިނަ މެޗު ކުޅެ، 28 ލަނޑު ޖަހައިފަ އެވެ. ފަލްކާއޯ މިވަގުތު ހުރީ ރަނގަޅު ފޯމެއްގައެވެ.

ހަމޭސް ރޮޑްރިގޭޒް އަކީ ވެސް ކޮލަމްބިއާގެ  މުހިންމު ކުޅުންތެރިޔެކެވެ. ހަމޭސް އަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.

ކެރިއަރުގެ ކުރީކޮޅު ކޮލަމްބިއާ އާއި އާޖެންޓީނާގެ ކްލަބުތަކަށް ކުޅުމަށް ފަހު، ހަމޭސް ޕޯޗުގަލްގެ ޕޯޓޯ އަށް ބަދަލުވީ 2010 ވަނަ އަހަރެވެ. އެ ޓީމުގައި ވިދާލުމަށް ފަހު، ބޮޑު އަގުގައި މޮނާކޯ އަށް ހަމޭސް ބަދަލުވީ 2013 ވަނަ އަހަރެވެ. 2014  ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ހަމޭސް ދެއްކި މޮޅު ކުޅުމާ އެކު، ރެއާލް މެޑްރިޑުން އޭނާ ގެންދިޔައެވެ.

ޖަޕާން

ފީފާ ރޭންކިންގެ 60 ވަނާގައި މިވަގުތު އޮތް އޭޝިއާގެ ވަރުގަދަ ބާރެއް ކަމަށްވާ ޖަޕާން އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1998 ވަނަ އަހަރެވެ. ވޯލްޑް ކަޕްގެ ފުރަތަމަ ތަޖުރިބާގައި ޖަޕާން ކެޓީ މުބާރާތުގެ ގުރޫޕް ސްޓޭޖުންނެވެ.

ޖަޕާނާއި ދެކުނު ކޮރެއާގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ޖަޕާނުން ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. އެކަމަކު މުބާރާތުގެ ދެވަނަ ބުރުން ޖަޕާން ވަނީ ކަޓައިފަ އެވެ.

ޖަޕާނުން ވަނީ 2006 އަދި 2010 ގެ ވޯލްޑް ކަޕްގައި ވެސް ވާދަކޮށްފަ އެވެ. ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޖަޕާން ވާދަކުރި އެވެ. އެކަމަކު 2006 އަދި 2014 ވަނަ އަހަރުގެ މުބާރާތުން ޖަޕާން ކެޓީ ފުރަތަމަ ބުރުންނެވެ.

ޖަޕާނަކީ އޭޝިއާގެ އެންމެ ކާމިޔާބު އެއް ޤައުމެވެ. ޖެހިޖެހިގެން ހަ ފަހަރު ވޯލްޑް ކަޕަށް ޖަޕާން ކޮލިފައިވިއިރު، ޖަޕާން އިން ވަނީ ހަތަރު ފަހަރު އޭޝިއަން ކަޕް ކާމިޔާބުކޮށްފަ އެވެ.

ޖަޕާނުގެ މުހިންމު ކުޅުންތެރިންނަށް ބަލާއިރު، ސިންޖީ އޮކަޒާކީ ، އެއިސޫކޭ ހޮންޑާ، ސިންޖީ ކަގާވާ ފާހަގަކޮށްލެވެއެވެ. މި އީ ހައްތާހާވެސް ތަޖުރިބާގެ ގޮތުންވެސް ހުނަރުގެ ގޮތުންވެސް ފާހަގަކޮށްލެވޭ ކުޅޫންތެރިްނެނެވެ.

އެގޮތުން ސިންޖީ އޮކަޒާކީ އަކީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ޖަޕާންގެ ޤައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެ، އޭނާ ވަނީ 50 ލަނޑު ޖަހައިފަ އެވެ،

ޖަޕާންގައި ކެރިއަރު ފެށުމަށް ފަހު، ޔޫރަޕްގައި އޮކަޒާކީ ފުރަތަމަ ތަޖުރިބާކުރީ ޖަރުމަންގެ ސްޓުޓްގާޓްގަ އެވެ. އަދި އެއަށް ފަހު ޖަރުމަންގެ މައިންޒް އަށް ކުޅުމަށް ފަހު، އިނގިރޭސި ޕްރިމިއާ ލީގުގެ ލެސްޓާ އަށް އޭނާ ބަދަލުވީ 2015 ވަނަ އަހަރެވެ. ލެސްޓާގައި އޮކަޒާކީ ވަނީ ވިދާލައިފަ އެވެ. އެ ކްލަބާއެކު އޮކަޒާކީ ވަނީ 2016 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ.

ކެއިސޫކޭ ހޮންޑާ އަކީ ވެސް އެ ޤައުމުގައި އުފެދުނު މޮޅު ކުޅޫންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ޔޫރަޕްގައި ކާމިޔާބު ކެރިއަރެއް ހޭދަކުރުމަށް ފަހު، ހޮންޑާ މިހާރު ކުޅެމުންދަނީ މެކްސިކޯގެ ޕަޗޫޗާއަށެވެ.

ރަޝިއާގެ ސީއެސްކޭ މޮސްކޯ އިން ވިދާލުމަށް ފަހު، ހޮންޑާ ވަނީ އިޓަލީގެ އޭސީ މިލާނަށް 2014 އިން 2017 އަށް ކުޅެފަ އެވެ.

ޖަޕާންގެ ޤައުމީ ޓީމަށް ހޮންޑާ ކުޅެން ފެށީ 2011 ވަނަ އަހަރެެވެ. ޤައުމީ ޓީމަށް މިހާތަނަށް 90 މެޗު އޭނާ ވަނީ ކުޅެފަ އެވެ.
ހޮންޑާ ވަނީ ޖަޕާންގެ ޤައުމީ ޓީމާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އަދި 2011 ވަނަ އަހަރުގެ އޭޝިއަން ކަޕް ކާމިޔާބުކުރި ޓީމުގައި ވެސް ހޮންޑާ ވަނީ މުހިންމު ރޯލެއް އަދާކޮށްފަ އެވެ.

ކޮލަމްބިއާ ޖަޕާނުގެ ބައްދަލުކުރުންތަށް

މި ދެޓީމު ވާދަވެރި މެޗެއްގައި އެންމެ ފުރަތަމަ ބައްދަލުކޮށްފައިވަނީ 2003 ވަނަ އަހަރު ފީފާ ކޮންފެޑެރޭޝަން ކަޕްގައެވެ. އެފަހަރު 0-1 ގެ ނަތީޖާއިން މޮޅުވެފައިވަނީ ކޮލަމްބިއާއެވެ. ދެވަ ބައްދަލުވުމެއް ބައްދަލުވެފައިވަނީ 2007 ވަނަ އަހަރު ކިރިން ކަޕްގައެވެ. އެމެޗފު އެއްވަރުވެގެން ނިމުނުއިރު، 2014 ވަނަ އަފަރު ބްރެޒިލްގައި ބޭއްވުނު ފީފާ ވޯލްޑްކަޕުގައިވެސް މި ދެޓީމުވަނީ ވާދަކޮށްފައެވެ. މި މެޗު 1-4 ގެ ނަތީޖާއިން ކާމިޔާބުކުރީ ކޮލަމްބިއާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.