ޚަބަރު ފީތާ

އުރީދޫ މަސްރޭހުގެ ފައިނަލްގެ ފަހު 2 ޖާގަ ޓީމް އެންޒީ އަދި ޓީމް އެޗް.ޑީ.ސީ އިން ކަށަވަރު ކޮށްފި

 

‎ރާއްޖޭ ގައި ބޭއްވޭ އެންމެ ބޮޑު މަސްރޭސް ކަމުގައިވާ އޫރިދޫ މަސްރޭހުގެ ތިންވަނަ ސެމީފައިނަލް ބުރު ރޭ ނިމި، ފައިނަލްގެ ފަހު ދެ ޖާގަ ޓީމް އެންޒީ އަދި ޓީމް އެޗް.ޑީ.ސީ އިން ކަށަވަރު ކޮއްފިއެވެ.

‎ރޭ ބްރިޖް ވިއުއިންގ ޕްލެޓްފޯމް ގައި ވަރަށް ފޯރިއާއެކީ ކުރިއަށްދިޔަ މި އިވެންޓުގައި ހަތަރު ޓީމެއް ވަނީ ވާދަ ކޮއްފައެވެ. އޭގެ ތެރޭގައި ޓީމް ކޯސްޓްލައިން، ޓީމް އެޗް.ޑީ.ސީ، ޓީމް އެންޒީ އަދި ޓީމް ކޮންރެޑް ވަނީ ވާދަ ކޮއްފައެވެ.

އުރީދޫ މަސްރޭހުގެ ފައިނަލްގައި ޓީމް އެންޒީ އަދި ޓީމް އެޗްޑީސީ ވާދަކުރާނީ، ފުރަތަމަ ސެމީފައިނަލް ކާމިޔާބުކުރި ޓީމް މަލަހިނި އަދި ޓީމް ސްޓެލްކޯގެ އިތުރުން، ދެވަނަ ސެމީފައިނަލް އިން އެންމެ ކުރި ހޯދި ޓީމް މިލައިދޫ އަދި ޓީމް ތާޖް އެގްޒޯޓިކާ އެވެ.

އުރީދޫ މަސްރޭސް 2018ގެ ފޯރިގަދަ ފައިނަލް އިވެންޓް ފިޠުރުޢީދުގެ ޚާއްޞަ ޙަރަކާތްތަކާއިއެކު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 15ވާ ހުކުރު ދުވަހުއެވެ.

Rate this post