ޖަންގަލް ކަޕް އިންޓަރ އޮފީސް ވިމެންސް ފުޓްސަލް ޓޯރނަމެންޓް ފަށައިފި

ޖަންގަލް ކަޕް އިންޓަރ އޮފީސް ވިމެންސް ފުޓްސަލް ޓޯރނަމެންޓްގެ ނަމުގައި އަންހެނުންގެ ފުޓްސަލް މުބާރާތެއް ގއ. ވިލިނގިލީގައި ފަށައިފިއެވެ.

އެރަށު ޒުވާނުންގެ މަރުކަޒާއި ޖަންގަލް ސްޕޯޓްސް ކްލަބް ގުޅިގެން ބާއްވާ މި މުބާރާތް ޝަރަފްވެރި ކޮށްދެއްވާފައިވަނީ އެފް.އޭ.އެމްގެ ނައީބު ރައީސާ އައިޝަތު ނާޒިމާއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މުބާރާތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ގއ. ވިލިގިނގިލި ޒުވާނުންގެ މަރުކަޒު ހިންގެވުމާއި ހަވާލުވެހުންނެވި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ އިބްރާހިމް ރަޝީދު ވިދާޅުވީ މިއަހަރުގެ މުބާރާތުގައި 6 އޮފީހަކުން 7 ޓީމު ބައިވެރިވެފައިވާކަމަށެވެ. އަދި މި މުބާރާތް ފެށުމުގެ ކުރިން ފުޓްސަލް ދަނޑުގެ ލައިޓްތައް ބަދަލުކޮށްފައިވާކަމަށެވެ.

ގއ. ވިލިނގިލި ޒުވާނުނުންގެ މަރުކަޒުން އިސްނަގައިގެން މިދިޔަ ހަފުތާގައި ވަނީ ވޮލީބޯލް އެސޯސިއޭޝަން އޮފް ވިލިނގިލި އާއި ގުޅިގެން  ވޮލީބޯޅަ މުބާރާތެއްވެސް ފައްޓާފައެވެ. އަދި މިފަދަ މުބާރާތްތައް ރޭގަނޑު ކުޅެވޭ ވަރުގެ އަލިކަން މީގެކުރިން ނެތުމުގެ ސަބަބުން ޔޫތު މިނިސްޓްރީން ވަނީ އެ ރަށު ވޮލީ ކޯޓުގައި ކުރިން ހަރުކޮށްފައި ހުރި ލައިޓްތައް ނަގާ އާ ލައިޓްތައް ހަރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.