
ދުންތަރި ޓޭބަލް ޓެނިސް މުބާރާތް ފަށައިފި
ދުންތަރި ޓޭބަލް ޓެނިސް މުބާރާތް ފަށައިފިއެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު ބާއްވަމުން އަންނަ ދުންތަރި ޓޭބަލް ޓެނިސް މުބާރާތަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަނާއި ކުރީގެ މަޝްހޫރު ޓޭބަލްޓެނިސް ކުޅުންތެރިއެއް ކަމަށްވާ އަލްމަރްހޫމު ދުންތަރި އިބްރާހިމް މަނިކުގެ ޢާއިލާ ގުޅިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.
ޓީޓީ އެސޯސިއޭޝަނުން ބުނީ މިއަހަރު މިބާއްވާ 10 ވަނަ ދުންތަރި ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް މި ޖޫން މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށާއި މި މުބާރާތުގައި 73 ކުޅުންތެރިން ވާދަކުރާނެކަމަށެވެ. އަދި އެކި ޢުމުރުފުރާތައް ހިމެނޭގޮތަށް 8 ޓީމެއްވެސް ވާދަކުރާނެ ކަމަށެވެ.
މި މުބާރާތް ކުރިއަށްދާނީ ސޯޝަލް ސެންޓަުގެ އިންޑޯރހޯލުގައެވެ.



