ޚަބަރު ފީތާ

2020 ވަނަ އަހަރު ބާއްވާ ޔޫރޯގެ ލޯގޯ ދައްކާލައިފި

 

2020 ވަނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ލޯގޯ ރަސްމީކޮށް ދައްކާލައިފިއެވެ.

2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާ|ރާތުގެ ލޯގޯ ދައްކާލާފައިވަނީ، އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

2020  ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކުރިޔަށް ދާނީ 13 ގައުމެއްގައެވެ. 13 ގައުމެއްގައި މި މުބާރާތުގެ މެޗުތަށް ކުޅެން ހަމަޖެހިފައިވާއިރު ޔޫއެފާއިން މިގޮތަށް ހަމަޖެއްސީ ޔޫރޯ ފުޓްބޯޅަ މުބާރާތަށް 60 އަހަރު ފުރޭތީ، އެކަން ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ގޮތުންނެވެ.

ޔޫއެފާއިން ހާމަކޮށްފައިވާ ގޮތުގައި މުބާރާތުގެ މެޗުތަށް ކުޅެން ހަމަޖެހިފައިވާ ގައުމު ތަކަކީ އަޒަރްބެއިޖާން އާއި ބެލްޖިއަމް، ޑެންމާކް، ޖަރުމަނު، ހަންގޭރީ، އަޔަލޭންޑް، އިޓަލީ، ނެދަލޭންޑްސް، ރޮމޭނިއާ، ރަޝިއާ، ސްކޮޓްލޭންޑް އަދި ސްޕެއިންގައެވެ.

މި މުބާރާތުގެ ސެމީފައިނަލް ދެ މެޗާއި އަދި ފައިނަލް މެޗު ކުޅޭނީ، އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

ޔޫއެފާގެ ރައީސް އެލެގްޒެންޑާ ސެފެރިން ވިދާޅުވިގޮތުގައި ޔޫއެފާއިން ބޭނުންވަނީ، 2020 ވަނަ އަހަރު ބާއްވާ މުބާރާތް، ވަރަށް ކުލަގަދަ ގޮތެއްގައި ބާއްވަންކަމަށާއި ދުނިޔޭގެ ހަތަރު ބައްރުގައި މި މުބާރާތް ބޭއްވުމަކީ، މިކަން ހާސިލުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށް ބުނެފައިވެއެވެ.

ޔޫއެފާއިން ވަނީ، މުބާރާތް ކުޅޭ ކޮންމެ ގައުމަކަށް ވެސް ވަކިން ހާއްސަ ލޯގޯތަކެއް ވެސް ހަދާފައެވެ.

 

Rate this post