ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ގުރޫޕް ބީ ގެ ދެވަނައަށް ޖެހިލައިފި.

2018 ވަނަ އަހަރު ރަޝިއާގައި ބޭއްވޭ ވޯލްޑްކަޕް ކޮލިފައިން ގުރޫޕް ބީ ގައި ރޭ ޕޯޗުގަލް ކުޅުނު މެޗު ތަފާތުބޮޑުކޮށް ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ޕޯޗުގަލް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވީ ފެރޯއައިލެންޑާ ދެކޮޅަށް ކުޅެ 0-6 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރެފޯ އައިލެންޑްގެ ޓޯސްވޮލާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޕޯޗުގަލްގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއްޖަހާ ލީޑުނަގާފައެވެ.

3854272_gallery

ޕޯޗުގަލް     އަށް ލީޑުނަގައިދިން މި ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕޯޓޯއަށް ކުޅެމުންއަންނަ ޒުވާން ފޯވާޑް އެންޑްރޫ ސިލްވާ އެވެ. އޭގެ ދިހަމިނެޓުފަހުން އެންޑްރޫ ސިލްވާ ވަނީ ޕޯތުގަލްގެ ދެވަނަ ލަނޑުޖަހާ ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 37 ވަނަ މިނެޓުގައި ތިންވަނަ ލަނޑިޖަހާ އޭނާ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ހެޓްރިކުވެސް ފުރިހަމަކޮށްފައެވެ.

އެންޑްރޫ ސިލްވާގެ ތިންލަނޑުން ލީޑުގައި އޮވެ ޕޯޗުގަލް މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު އެޓީމުގެ ހަތަރުވަނަ ގޯލް މެޗުގެ 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ ވަނީ އެންމެ ފަހުން ޕޯޗުގަލް އެންޑޯރާއާ ދެކޮޅަށް ކުޅުނު ކޮލިފައިން މެޗުގައި 4 ލަނޑުޖަހާފައެވެ. ޕޯޗުގަލްގެ ފަސްވަނަ ލަނޑު ޖާއޯ މޮޓީނިއޯ ކާމިޔާބުކޮށްދިން އިރު އެޓީމުގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖާއޯ ކޭންސެލޯ އެވެ.

maxresdefault

މީ ޖެހިޖެހިގެން މި ނަތީޖާގައި ޕޯޗުގަލް މޮޅުވި ދެވަނަ ކޮލިފައިން މެޗުކަންވެސް ފާހަގަކޮށްލެވެއެވެ.

މި ނަތީޖާއާއެކު ޕޯޗުގަލް ވަނީ އެޓީމު ހިމެނޭ ގުރޫޕް ބީ ގެ ދެވަނަ އަށް ޖެހިލާފައެވެ. ޕޯޗުގަލް ދެވަނާގައި އިތީ 6 ޕޮއިންޓާއެކުގައެވެ. މި ގުރޫޕުގެ އެއްވަނާގައި 9 ޕޮއިންޓާއެކު އޮތީ ސްވިޒެލަންޑްއެވެ.

ޕޯޗުގަލް ދެން ބައްދަލުކުރާނީ ލެޓިވިއާއާއެވެ. މި މެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރުމަހުގެ 13 ވަނަ ދުވަހު ޕޯޗުގަލްގައެވެ.

ކޮލިފައިންގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ބޮސްނިއާ ސައިޕްރަސްގެ މައްޗަށް 0-2 ގެ ނަތީޖާއިން ކުރިހޯދިއިރު ގްރީސްވެސް ވަނީ އެސްޓޯނިއާގެ މައްޗަށް 0-2 ގެ ނަތީޖާއިން ކުރިހޯދާފައެވެ. އަދި ހަންގޭރީ ލެޓްވިއާގެ މައްޗަށް 0-2 ގެ ނަތީޖާއިން ކުރި ހޯދިއިރު ފްރާންސްވެސް ވަނީ 0-1 ގެ ނަތީޖާއިން ނެދަލެންޑްސްގެ މައްޗަށް ކުރި ހޯދާފައެވެ. އަދި ސްވިޑެން 0-3 ގެ ނަތީޖާއިން ބަލްގޭރިއާގެ މައްޗަށް ކުރި ހޯދާފައިވާއިރު ސްވިޒެލަންޑްވެސް ވަނީ އެންޑޯރާގެ މައްޗަށް 1-2 ގެ ނަތީޖާއިން ކުރިހޯދާފައެވެ. އަދި ބެލްޖިއަމްބެސް ވަނީ ގިބްރޯލްޓާގެ މައްޗަށް 0-6 ގެ ތަފާތު ބޮޑުނަތީޖާއަކުން މޮޅުވެފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.