ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރ އަވަހާރަވެއްޖެ

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލްބާރީ އަވަހާރަވެއްޖެއެވެ.

ޑރ. މަޖީދަށް ސްޓްރޯކެއް ޖެހިވަޑައިގަތް ލަންކާގެ ހަސްފަތާލެއްގައި އެނދުމަތިކުރީ މިދިޔަ ހުކުރު ދުވަހުއެވެ. އަދި އެމަނިކުފާނު ދާދި ދެންމެއަކު އަވަހާރަވެފައިވާކަން ޢާއިލާއިންވެސް ވަނީ މަޢުލޫމާތު ދީފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސްޓްރޯކެއް ޖެހުމުގެ ސަބަބުން ހާލުކޮޅު ސީރިއަސްވެ، މިދިޔަ ހުކުރުދުވަހުން ފެށިގެން ލަންކާގެ ހަސްފަތާލުގައި އެމަނިކުފާނަށް ފަރުވާ ދެމުން ދިޔައީ މެޝިނުގެ އެހީގައެވެ.

ޤްރުއާން ތަފުސީރުން ޕީއެޗްޑީ ހާސިލް ކުރެއްވި ފުރަތަމަ ދިވެހި އިލްމުވެރިޔާގެ ލަޤަބުވެސް ހޯއްދަވާފައިވާ ޑރ. މަޖީދުވަނީ ޤުރުއާނާއިބެހޭ މަރުކަޒުގެ ރައީސްކަމާއި ކުރީގެ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ އިސް މަޤާމްތައް ފުރުއްވާފައެވެ.

މީގެ އިތުރުން އަދާލަތު ޕާޓީގެ އެއްފައުންޑަރ ޑރ. މަޖީދަކީ ސިޔާސީ ދާއިރާގައިވެސް މަޝްހޫރުވި ނަމެކެވެ.

މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާ، ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން!

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.