ދުނިޔޭގެ ދިރޭތަކެތީގެ ދުވަސް ފާހަގަކުރުމަށް ބޭއްވި މަޒްމޫނު ލިޔުމުގެ މުބާރާތުގެ 1 ވަނަ އަލް މަދުރަސަތުލް މުނައްވަރާގެ ދަރިވަރު ޝައުނާ ރަޝީދު ހޯދައިފިއެވެ.
ދުނިޔޭގެ ދިރޭތަކެތީގެ ދުވަސް ފާހަގަކުރުމުގެގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީން ބޭއްވި މި މުބާރާތުގެ އެލިވަނަތަކަށް އިނާމުދިނުން އޮތީ މިކަމަށްޓަކައި އެންވަޔަރްމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަބްދުﷲ ޒިޔާދެވެ.
މި އަހަރުގެ 18 މާރިޗް އިން 18 އޭޕްރީލް އަށް ކުރިއަށް ގެންދިޔަ މި މުބާރާތުން ވަނަވަނައަށް އަދި ދަރިވަރުންނަށް ސެޓްފިކެޓް، ހަނދާނީ ލިޔުން އަދި އިނާމު ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަބްދުﷲ ޒިޔާދު އާއި ޕަރރަމަނަންޓް ސެކްރެޓަރީ އަޖުވަދު މުޞްޠަފާ އެވެ.
މި މުބާރާތުން ވަނަވަނައަށް އަދި ދަރިވަރުންނަކީ:
މުޅި މުބާރާތުން 1ވަނަ: ޝައުނާ ރަޝީދު/ އަލް މަދްރަސަތުލް މުނައްވަރާ
މަޒުމޫނުގެ މައުޟޫއު: މެރިން އެންޑް ކޯސްޓަލް ބަޔޯޑައިވަރސިޓީ- ނެޗުރަލް ކެޕިޓަލް އޮފް މޯލްޑިވްސް
1-ވަނަ ރަނަރ އަޕް: އައިޝަތު ޔަޝާ އަހުމަދު/ ކަލާފާނު ސްކޫލް
މަޒުމޫނުގެ މައުޟޫޢު: ކްލައިމެޓް ޗޭންޖް އެންޑް ދަ މެރިން އެންޑް ކޯސްޓަލް ބަޔޯޑައިވަރސިޓީ
2 ވަނަ ރަނަރ އަޕް: ސަޚާ މުއާވިޔަތު/ ނޮޅިވަރަމް ސްކޫލް
ލިޔުނު މަޒުމޫނުގެ މައުޟޫއު: ތްރެޓްސް ޓު މެރިން އެންޑް ކޯސްޓަލް ބަޔޯޑައިވަރސިޓީ
2 ވަނަ ރަނަރ އަޕް : ރައްޔާ މުނީޒް/ ނޮޅިވަރަމް ސްކޫލް
ލިޔުނު މަޒުމޫނުގެ މައުޟޫއު: ދަ ކޮރަލް ރީފްސް އިން މޯލްޑިވްސް އާރ ބްލީޗިންގ- ކޭން އިޓް ބީ ސޭވްޑް؟
2 ވަނަ ރަނަރ އަޕް: ޖައްނަތު ޖަޥާދު/ ކަލާފާނު ސްކޫލް
ލިޔުނު މަޒުމޫނުގެ މައުޟޫއު: އެންޖޯއިންގ މެރިން އެންޑް ކޯސްޓަލް ބަޔޯޑައިވަރސިޓީ އޮފް ދަ މޯލްޑިވްސް ފޯރ ދަ ލާސްޓް 25 ޔިއަރސް
2 ވަނަ ރަނަރ އަޕް: އާއިޝަތު ހަމްނާ ސަޢީދު/ތާޖުއްދީން ސްކޫލް
ލިޔުނު މަޒުމޫނުގެ މައުޟޫއު: މެރިން އެންޑް ކޯސްޓަލް ބަޔޯޑައިވަރސިޓީ އެންޑް ދަ އިކޮނޮމީ އިން މޯލްޑިވްސް
މީގެ އިތުރުން އެންވަޔަރްމެންޓް މިނިސްޓްރީގެ ނޫސް މަޖައްލާ ”ޕެމްފިސް“ މި ރަސްމިއްޔާތުގައި ވަނީ ނެރެފައެވެ. މި ނޫސް މަޖައްލާ ނެރެދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަބްދުﷲ ޒިޔާދެވެ.