ތަޢުލީމުގެ އެންމެ މުހިއްމު އަސާސަކީ ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކުރުން: މިނިސްޓަރ

ޝައްކެއްނެތްގޮތުގައި ތަޢުލީމުގެ އެންމެ މުހިއްމު އަސާސަކީ ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކުރުންކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ރަމްޒީކޮށް އިސްކަންދަރު ސްކޫލްގެ ޓީޗަރުންނާ ޓެބްލެޓް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެކަމަނާ ވިދާޅުވީ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުންނާއި މުޖުތަމަޢުގެ ބައިވެރިއެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ބޭނުންވާ ތަޢުލީމާއި ތަމްރީނާއި ތަރުބިއްޔަތު ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަކީ ތަޢުލީމުގެ އެންމެ އިސް އަސާސް ކަމަށެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން ދަރިވަރުންގެ އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭ އެންމެ މުހިއްމު ކަމަކީ 21 ވަނަ ޤަރުނަށް ފައްކާކުރެވިފައިވާ ދަރިވަރުން އުފެއްދުމަށް ކަމަށާއި 21 ވަނަ ގަރުނުގައި އަޅުގަނޑުމެންނަށް އެންމެބޮޑަށް ފާހަގަވާކަމަކީ އަޅުގަނޑުމެންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތައް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ސައިންސުގެ ކުރިއެރުމާއެކު، އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރަށް އައިސްފައިވާ ބަދަލު ފެންނަމުންދާ ކަމަށާއި ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ސައިންސްގެ އައު ހޯދުންތައް އަޅުގަނޑުމެންނަށް ގެނެސްދީފައިވާ ފަސޭހަތަކާއި ކުރިއެރުންވެސް ފެންނަމުންދާ ކަމަށެވެ.

“ބަލާލިކޮންމެ ދިމާއަކުން އަޅުގަނޑުމެންނަށް ފެންނަނީ ސައިންސްގެ އައު އީޖާދުތަކުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުޅި ވައްޓަފާޅި ބަދަލުކޮށްލާފައިވާ މަންޒަރު. މިފަދަ ދުނިޔެއެއްގައި، ތަޢުލީމުގެ ތެރެއިން، ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމުގެ ވައްޓަފާޅި ބަދަލުކޮށް، އިންފޮރމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އެހީގައި ދަރިވަރުންނަށް އޭގެ މަންފާ ކުރާނެގޮތަށް ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލު ގެންނެވުނަކީ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމުގެ ނިންމެވުމެއް.” އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހި ކިޔަވާ ކޮންމެ ކުއްޖަކީ މިޒަމާނަށް ލޯ ހުޅުވިފައިވާ އަދި އަންނައޮތް ޖީލުގެ ހުނަރު ލިބިފައިވާ އަދި އެ ޖީލަށް ފައްކާކުރެވިފައިވާ ދަރިވަރަކަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށްބޮޑު އަމާޒެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.