
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފެލޭތީ އިންޑިއާއިން މަޝްވަރާތަކެއް ކޮށްފި
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފެލޭތީ އިންޑިއާއިން މަޝްވަރާތަކެއް ކޮށްފިއެވެ.
އެގޮތުން އިންޑިއާގެ އެންރޖީ މިނިސްޓަރ ވަނީ ސަޢުދީ ޢަރަބިއްޔާއާއި އޯޕެކްގެ ގައުމުތަކާއެކު މަޝްވަރާކުރައްވާފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިއުމަކީ އެ ޤައުމުގެ އިޤްތިޞާދަށާއި އުފެއްދުންތެރިކަމަށް ނުހަނު ބޮޑު އަސަރުކުރާނެ ކަމެއްކަމަށް ދެންނެވިކަމަށް އިންޑިއާގެ ނޫސްތަކުންވަނީ ބުނެފައެވެ.
ހަކަތައިގެ ބާޒާރަށް ބަލާއިރު ތިންވަނައަށް އެންމެ ގިނައިން ތެޔޮ ގަންނަނީ އިންޑިއާ އިންނެވެ.
މިއަހަރުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 20 ޕަސެންޓް އުފުލިފައިވާ އިރު، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 80 ޑޮލަރަށް އަރާފައެވެ.



