
އޭޑީކޭ ސިނަރޖީގެ 100K ޗެލެންޖު ފަށައިފި
އޭޑީކޭ ސިނަރޖީ އިން މި ރަމަޟާން މަހަށް ޚާއްޞަކޮށްގެން ބާއްވާ 100K ޗެލެންޖު ފަށައިފިއެވެ.
ރަސްފަންނު ސަރަޙައްދުން ފެށި މި ޗެލެންޖުގައި އޭޑީކޭ ކޮމްޕެނީގެ ގިނަ ޢަދަދެއްގެ މުއައްޒަފުން ވަނީ ބައިވެރިވެފައެވެ. އަދި މި ޗެލެންޖުގައި މުޅިން އަލަށް ދުވާ މީހުންވެސް ވަނީ ބައިވެރިވެފައެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނާއި އޭޑީކޭ ކޮމްޕެނީގެ އިސްމަޤާމުތަކުގެ މުއައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.

އޭޑީކޭ ކޮމްޕެނީގައި މަސައްކަތްކުރާ ހުރިހާ މުއައްޒަފުންގެ މެދުގައި އުފައްދާފައިވާ އޭޑީކޭ ސިނަރޖީގެ މެމްބަރުންނަށް ހުޅުވާލައިގެން ބާއްވާ މި ޗެލެންޖު ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް މެޑެލް ލިބޭނެއެެވެ.

މިފަދަ ޗެލެންޖެއް ބޭއްވުމުގެ މަޤުޞަދަކީ ދުޅަހެޔޮ ސިއްޙަތެއްގައި ބޭތިއްބުމަށް އެހީތެރިވެ ދިނުމާއި ދުވުމަކީ ސިއްޙަތަށް ފައިދާހުރި ކަމެއްގެ ގޮތުގައި އަންގައިދިނުމެވެ. އަދި ދުވުންތެރިން އުފެއްދުމެވެ.



