ބީބީ ރަނަރސް ރަމަޟާން 222 ޗެލެންޖު ފަށައިފި

ބީބީ ރަނަރސް ރަމަޟާން 222 ޗެލެންޖު މިއަދު ފަށައިފިއެވެ.

މާލޭ ކުޅިވަރު އެކުވެނި ސަރަޙައްދުން މިއަދު ހަވީރު ފެށި މި ޗެލެންޖުގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. މިއީ ރަމަޟާން މަހުގެ ތެރޭގައި ދުވެ 222 ކިލޯ މީޓަރ ހަމަކުރުމަށް ތާވަލުކޮށްފައިވާ ދުވުމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހުރިހާ އެންމެނަށްވެސް ބައިވެރިވެވޭގޮތަށް ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ މި އިވެންޓުގައި ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް އެމީހަކު ބޭނުން ވަގުތަކު ދުވެ، އެ ދުވަހެއްގެ ޕްރޮގްރާމް ފުރިހަމަ ކުރެވިދާނެއެވެ. އަދި ޙަވާލުކޮށްފައިވާ ޝީޓުގައިި ލިޔެ، ކޮންމެ ހަފުތާއަކުވެސް އިންސްޓްރަކްޓަރުންނާ ޙަވާލުކުރަން ޖެހެއެވެ. މިއީ އެމީހެއްގެ ޕަރފޯމެންސް ބެލުހެއްޓުމަށް ކޮންމެ ހަފުތާއަކު ފުރަން ޖެހޭ ފޯމެކެވެ.

viber image222

”ކޮންމެހެން މާލޭގަ ހުންނަ މީހަކަށްވާކަށް ނުޖެހެއޭ ޗެލެންޖު ފުރިހަމަކުރަން. އަޅުގަނޑުމެންގެ ޕްރޮގްރާމް ފޮލޯ ކުރެވޭނެ ކޮންމެ ތަނެއްގައި ހުރެގެންވެސް. ގައިޑުލައިނާ އެއްގޮތަށް ޝެޑިއުލްގައިވާ ކަންކަން ފުރިހަމަކުރީމަ ނިމުނީ“ އިވެންޓުގައި އިސްކޮށްއުޅުއްވާ ނަޢުފަލް ޢީސާ އެޓޯލްނިއުސްއަށް މަޢުލޫމާތު ޙިއްސާ ކުރައްވަމުން ވިދާޅުވިއެވެ.

ބީބީ ރަނަރސްއަކީ ޢުމުރުން ދުވަސްވީ މީހުންގެ ދުވުމާއި ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުމުގެ މަޤުޞަދުގައި މީގެ އަހަރެއްހާދުވަސް ކުރިން އުފައްދާފައިވާ ގްރޫޕެކެވެ. އެހެންނަމަވެސް، އެ ގްރޫޕުގައި ހުރިހާ ޢުމުރުފުރައެއްގެ މީހުންވެސް ބައިވެރިވެއެވެ. އެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

އަހަރެއްހާދުވަސް ކުރިން ވުޖޫދަށް އައި ބީބީ ރަނަރސް ރާއްޖޭގައި ބޭއްވި ގިނަ ދުވުންތަކެއްގައި ބައިވެރިވެ، ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އަދި ރާއްޖޭއިން ބޭރުގައި ބޭއްވި ބައެއް ދުވުންތަކުގައިވެސް ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން އެ ގްރޫޕުން އަންނަނީ އެކިގޮތްގޮތުން އެ ގްރޫޕަށް އެހީތެރިވެދީ، އަދި ދުވުމުގައި ހަރަކާތްތެރިވެފައިވާ އަދި ވަމުން އަންނަ ގިނަ ބައެއްގެ އަގުވަޒަންކޮށް ހަނދާނީ ފިލާވެސް ދީފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.