ގޮއިދޫ އާއި މާޅޮސް އަންހެން ޑިވިޜަންގެ ފައިނަލަށް ނުކުންނަ އިރު..

މާރެސް އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލު މެޗުގައި މިއަދު ހަވީރު ގޮއިދޫއާއި މާޅޮސް ނުކުންނަ އިރު، ނަތީޖާ ބުރަވާނީ ކޮންކޮޅަކަށްތޯ މިއީ ގިނަ ބައެއްގެ ހިތުގައި އުފެދޭނެ ސުވާލެކެވެ.

ފައިބެއަހަރުގެވެސް ޗެމްޕިއަންކަން ހޯދާފައިވާ ގޮއިދޫއިން މިއަހަރަށްވެސް ތައްޔާރުވެފައިވަނީ ވަރަށް ފުރިހަމައަށޭ ބުނެވިދާނެއެވެ. ނަތީޖާއެއްގެގޮތުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރުން ފުދެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ގޮއިދޫގައި ވޮލީ ކޯޓުގައި ރާއްޖޭގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިން ނެތްނަމަވެސް، މިފަހަކަށް އައިސް އެރަށުން އަންނަނީ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. ސްކޫލު ފެންވަރުގެ ޒުވާން ގިނަ ކުޅުންތެރިން ތިބުމަކީވެސް އެޓީމަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. އަނެއްކޮޅުން ފައިބެއަހަރުތަކުގެ ނަތީޖާތަކަށް ބަލާއިރު، އެޑްވާންޓޭޖު ބޮޑީ އެޓީމަށޭ ބުނާ މީހުންވެސް މަދެއް ނުވާނެއެވެ.

މާޅޮސް ޓީމަކީވެސް ވަކި ދެރަޓީމެކޭ ނުބުނެވޭނެއެވެ. ޒުވާން، ހިތްވަރުގަދަ ފަހުލަވާނުން އެބަތިއްބެވެ. ކުޅިވަރުގެ ބަހުން ބުނާނަމަ، ވޮލީގެ 7 ވަނަ ކުޅުންތެރިޔާގެ ފައިދާ އެންމެ ރަނގަޅަށް ނެގެން އޮތީ މާޅޮހަށެވެ. އެކަން އެޓީމުން ވަނީ ސެމީފައިނަލުގައި ދައްކާފައެވެ.

އެކަމަކު ”ހޯމް އެޑްވާންޓޭޖު’ގެ ފައިދާ ފައިބެއަހަރުތަކުގައި ނެގިފައި ނެތުމަކީ މާޅޮހަށް އޮތް ”މާޔޫސް“ ކަމެކެވެ. އިދިކޮޅު ޓީމުތަކުން ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު، ”ހޯމް އެޑްވާންޓޭޖު“ ނުވަތަ 7 ވަނަ ކުޅުންތެރިޔާގެ ބޭނުން އެންމެ ރަނގަޅަށް ހިފާފައިވަނީ އެޓީމުތަކުންކަން ފާހަގަކުރެވެއެވެ.

ކޮންމެއަކަސް މާރެސް އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލުގައި މާޅޮހާއި ގޮއިދޫ މިއަދު ހަވީރު ބައްދަލުކުރާ އިރު، ނަތީޖާ ބުރަވާނީ ކޮންޓީމަކަށްކަން ބުނަން އެނގޭނީ މެޗު ނިމުމުންނެވެ. އެއީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ.

އިތުރަށް ވާހަކަ ނުދައްކާ މިއަދުގެ މެޗުގެ ނަތީޖާގެ އިންތިޒާރުގައި ތިބެމާހެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.