މާރެސް އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވިޜަން ސެމީގެ ފަހު ޖާގަ އޭދަފުށި ޓީމުން ހޯދައިފިއެވެ.
އެޓީމުން ސެމީގެ ފަހު ޖާގަ ހޯދީ ދަރަވަންދޫ އަތުން 3 ސެޓް 1 ސެޓުން މޮޅުވެގެންނެވެ. 23-25، 25-14، 19،25 އަދި 23-25 ން މި މެޗުގެ ސެޓުތައް ގެންދިޔައިރު، މޮޅުކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ދަރަވަންދޫ ޓީމުގެ އައިމިނަތު މައުރޫޝާ އެވެ.
މުބާރާތުގެ ފިރިހެން ބައިގެ ސެމީގެ ފަހުޖާގަ މާޅޮސް ޓީމުން ހޯދީވެސް ދަރަވަންދޫ ބަލިކޮށްފައެވެ.
މި މެޗުގެ ސެޓުތައް ދިޔައީ 2517-25، 15-25 އަދި 25-27 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ މާޅޮސް ޓީމުގެ ޢަލީ ވިޝާމު އެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭ އަންހެން ބައިގެ ސެމީގައި އޭދަފުއްޓާއި މާޅޮސް ބައްދަލުކުރާއިރު، ފިރިހެން ބައިގެ ސެމީގައި މިރޭ މާޅޮސް ނުކުންނާނީ ކުޑަރިކިލާ ދެކޮޅަށެވެ.
މުބާރާތުގެ އަންހެން އަދި ފިރިހެން ބައިގެ ފައިނަލުން ގޮއިދޫ ދެޓީމު ވަނީ ޖާގަ ހޯދާފައެވެ.