ޓީއެފްޖީ ލޯންގް ރަން އެކްސްޕޯރ މިފަހަރު ހުޅުމާލޭގައި ބާއްވަނީ..

ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ލޯންގް ރަންގެ މި އަހަރުގެ އެކްސްޕޯރ ހުޅުމާލޭގައި ބާއްވަން ނިންމައިފިއެވެ.

ޓީއެފްޖީ އިން ބުނީ މިގޮތަށް ނިންމީ ހުރިހާ ގޮތަކުންވެސް އެންމެ ފަސޭހަވާނީ ރޭސް އޮންނަ ތަނެއްގައި ބޭއްވުމުންކަމަށް ފެންނާތީ ކަމަށެވެ. އަދި މަސައްކަތަށް ބަލާއިރުވެސް ލުއިފަސޭހަތަކެއްވާނެތީ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއަހަރުގެ ދުވުމުގައި 1500 މީހުނަށްވުރެ ގިނައިން ދުވުންތެރިން ބައިވެރިވާނެ ކަމަށްވެސް ޓީއެފްޖީ އިން ބުންޏެވެ. އޭގެ ތެރޭގައި ބައިނަލްއަޤުވާމީ ދުވުންތެރިންވެސް ހިމެނޭނެ ކަމަށްވެސް ބުންޏެވެ.

އޭޕްރިލް މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ މި ދުވުމަކީ ޓީއެފްޖީގެ ރަސްމީ އިވެންޓެވެ. މިއަހަރުގެ ދުވުމުގައިވެސް ފުލް މެރަތަން (42.2 ކިލޯމީޓަރ)، ހާފު މެރަތަން (21.1 ކިލޯމީޓަރ) އަދި 10 ކިލޯ މީޓަރާއި 5 ކިލޯ މީޓަރުގެ ދުވުންވެސް އޮންނާނެއެވެ.

”ރަން އިން މޯލްޑިވްސް“ ގެ ނަމުގައި މުޅި ރާއްޖޭގައި ސިލްސިލާ ދުވުންތަކެއް ޓީއެފްޖީ އިން ބާއްވަމުން އަންނަ އިރު، އައްޑޫސިޓީ އާއި ހައްދުންމަތި (ލ. އަތޮޅު) ގައި މިހާރުވަނީ މި ސިލްސިލާގެ ދުވުންތައް ބާއްވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.