ތުރުކީއަށް ނިސްބަތްވާ މަސްހޫރު ނޫސްވެރިއަކު ގާނާގައި ހިނގާދިޔަ ހާދިސާއެއް ކަވަރކުރުމަށް އެގައުމަށް ދިޔައެވެ. އެގޮތުން އެ ނޫސްވެރިޔާ ޑްރޯނެއް ބޭނުންކޮށްގެން އެ ސަރަހައްދުގެ ވީޑިއޯ ފުޓޭޖްތައް ނަގަމުން ގެންދިޔައެވެ.
އޮޅުމަކުން ގޮސް އެއްކަލަ ވީޑިއޯ ފުޓޭޖްތަށް ނެގުމަށް ބޭނުންކުރި ޑްރޯން ގޮސް ޖެއްސީ ވަރަށް ފަގީރު މީހަކު ދިރިއުޅެމުންގެންދާ ގެއެއްގެ ދޮރުމައްޗަށެވެ. އެ މަންޒަރު ފެނުނުމާއި އެކު އެގޭގައި ދިރިއުޅޭ ފަގީރު މީހާ ވަރަށް އުފަލުން ހިނިތުންވެލާފަ ގޮސް އެއްކަލަ ޑްރޯން ނެގިއެވެ. އަދި އެ ޑްރޯންއަތަށް ނެގުމަށްފަހު އެނބުރި ބަލާލިއެވެ. އެވަގުތު އެ މީހާއަށް ނޫސްވެރިޔާ ފެނުނެވެ. އަދި އެޑްރޯންއަކީ ނޫސްވެރިޔާގެ އެއްޗެއްކަން އެނގިގެން އެ ޑްެރޯން ހިފައިގެންގޮސް ނޫސްވެރިޔާއަތަށް ދިނެވެ. އަދި ބުންޏެވެ. “ އަޅުގަނޑު ސުވާލެއް ކޮށްލަންތޯ ؟ ނޫސްވެރިޔާ އާއެކޭ ބުނެބޮލުން އިޝާރާތް ކޮށްލިއެވެ. އެ ފަގީރު މީހާ ސުވާލު ކުރިއެވެ. “ އަޅުގަނޑު ހައްޖަށް ގޮސްލެވޭވަރަށް ފައިސާކޮޅެއް ލިބިދާނެތަ ؟“
އެ ފަގީރު މީހާ މިހެން ސުވާލު ކުރުމުން ނޫސްވެރިޔާ ހިނިތުންވެލާފަ އެ މީހާގެ ބުރަކަށީގައި އަތުން ފިރުމާލިއެވެ. އަދި އެ ފަގީރު މީހާގެ ފޯޓޯއެއް ނެގުމަށްފަހު އެ މީހާ ކުރި ސުވާލާއި އެކު ނޫސްވެރިޔާގެ ޓްވިޓާ އެކައުންޓުގައި ޕޯސްޓް ކޮށްލިއެވެ.
ސުބުޙާނަﷲ .
ނޫސްވެރިޔާ އޭނަގެ އެކައުންޓުން ކުރި ޓްވީޓް ވައިރަސްއަކަށް ބަދަލުވެ ގިނަ އަދަދެއްގެ މީހުންނަށް ބެހިގެން ދިޔައެވެ. އެގޮތުން އެ މީހާގެ އެ ސުވާލުވެގެން ދިޔައީ ގިނަ ބައެއްގެ ހިއްތަކުގައި އެ މީހާއަށްޓަކައި ހަމްދަރުދީގެ ޝުއޫރު އުފެދިގެންދިޔަ ސުވާލަކަށެވެ.
އެހެން ކަމުން މިކަމަށް އިޖާބަދީ ތުރުކީގެ ފޮރިންމިންސްޓްރީން އިސްނަގައިގެން ގާނާއަށް ނިސްބަތްވާ މި ފަގީރު މީހާއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމިއެވެ. އަދި ހަމަ އެއަހަރު އޭނާއަށް ހައްޖަށް ދެވޭނެ އިންތިޒާމްހަމަޖައްސައިދީ ހައްޖުގެ މަތިވެރި އަޅުކަން ކުރުމަށް އޭނާ ފޮނުވައިދީފައިވެއެވެ. މާތް ﷲގެ ކުޅަދުންވަންތަކަން ނިކަންދެކިބަލާށެވެ. ﷲ އެ ފަގީރު މީހާ އެދުނުކަންތަށް ލަސްކުރުމެއްނެތި ފުއްދަވައިދެއްވީއެވެ. މާތް ﷲ ކަމަކަށް އިރާދަ ކުރައްވައިފިނަމަ ހަމަ ޔަގީނުންވެސް ލަހެއް ފަހެއްނެތި އެކަމެއްވެދެއެވެ.
މިއީ ތުރުކީގެ މަސްހޫރު ނޫސްވެރިއަކު ތުރުކީގެ މީޑިއާއާ ޝެއާކޮށްފައިވާ ހަޤީޤީވާހަކައެއްގެ އިނގިރޭސި ތަރުޖަމާއެކެވެ.