ޚަބަރު ފީތާ

”ސޭވް ދަ ޗިލްޑްރަން“ ކައިރިން 3 މީހަކު ޝަހީދު ވެއްޖެ

އަފްޣާނިސްތާނުގައި ކުޑަކުދިންގެ ޙައްޤުގައި މަސައްކަތްކުރަމުން އަންނަ ”ސޭވް ދަ ޗިލްޑްރަން“ ޖަމިއްޔާގެ ޢިމާރާތުގެ ކައިރިން ދިން  ބޮމުގެ އިތުރުން ބަޑީގެ  ޙަމަލާއެއްގައި 3ން މީހުން ޝަހީދުވެއްޖެއެވެ.

ޝަހީދުވި މީހުންގެ ތެރޭގައި އެޖަމިއްޔާގެ އޮފީހުގައި ފޯރިމަރަމުން އައި 2 ސެކިޔުރިޓީ ގާޑުން ހިމެނޭއިރު، މިޙަމަލާގެ ސަބަބުން 11 މީހަކު ވަނީ ޒަޚަމްވެފަ. މިޙަމަލާގެ ޒިންމާ ދަޢުލާއިން ނަގާފައިވާއިރު، މިޙަމަލާއަކީ ހުޅަނގަށް އަމާޒުކޮށްގެން ދިން ޙަމާއެއްކަމަށް އެޖަމާޢަތުން  ވަނީ ބުނެފައެވެ.

މިޙަމަލާ ދިނުމަށްފަހު އަފްޣާންގެ ސިފައިންނާއި އައްދަޢުލާގެ ހަނގުރާމަވެރިންނާ ދެމެދު 8 ގަޑިއިރަށް ދިގު ދެމިގެން ދިޔަަ މިހަމަނުޖެހުންތަކަށްފަހު، އެގައުމުގެ ސިފައިންވަނީ  ”ސޭވް ދަ ޗިލްޑްރަން“ އޮފީސް ޢިމާރާތުގެ ތެރޭގައި ތިބި  އެޖަމިއްޔާގެ 47  މުވައްޒަފުން ސަލާމަތްކޮށްފައެވެ.

”ސޭވް ދަ ޗިލްޑްރަން“އިންވަނީ އެޖަމާޢަތުގެ އޮފީހަށް ދިން މިޙަމަލާ  އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފަ. އަދި އެޖަމާޢަތުން ބުނެފައިވަނީ، އެގައުމުގައި ޙާލުގައި ޖެހިފައިވާ ކުޑަކުދިންނަށް  އެހީތެރިިކަން ފޯރުކޮށްދޭ ފަރާތްތަކާ އަަމާޒުކޮށްދޭ މިފަދަ ޙަމަލާތައް ޤަބޫލުނުކުރެވޭނެކަމަށް ބުނެފައެވެ.

ދާދިފަހުން ކާބުލްގެ ޖަލާލްއާބާދުގައި ހުންނަ އިންޓަރ ކޮންޓިނެންޓަލް  ހޮޓަލަށް ދިން މިފަދަ ޙަމަލާއެއްގައި18 މީހުން މަރުވެ  22 މީހުން ޒަޚަމްވެފައިވާއިރު، ޠަލިބާނުންވަނީ މިޙަމަލާގެ ޒިންމާ ނަގާފައެވެ.

Rate this post