ސަޢުދީގައި 11 އަމީރަކު ހައްޔަރުކޮށްފި

އިގްޠިޞާދީ ޙާލަތާމެދު ކަންބޮޑުވުން ފާޅުކޮށް  ސަޢުދީ ޢަރަބިއްޔާގައި ނުރުުހުންފާޅު ކުރި އެގައުމުގެ 11 އަމީރަކު ހައްޔަރުކޮށްފިއެވެ.

ޝާހީ އާއިލާގެ ބޭފުޅުން ބިލް ދައްކަންޖެހޭ ގޮތަށް އެގައުމުގެ ރިޔާސަތުން ނިންމުމާ ގުޅިގެން އަލް ޙާކިމް ގަނޑުވަރުގައި އަމީރުންތަކެއް ނުރުހުން ފާޅުކުރިކަން ސަޢުދީގެ ދަޢުލަތުގެ މީޑިޔާއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެފަރާތްތަކަށް ޙާކިމް ގަނޑުވަރުން ނިކުތުމަށް އެންގުމުންވެސް އެކަމަށް އިންކާރުކުރުމުން، ސަޢުދީއިންވަނީ އެފަރާތްތައް ހައްޔަރުކުރުމަށްފަހު އެގައުމުގެ ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަަރުގަދަ ޖަލެއްކަމަށްވާ، އަލް ޚާއިރު ޖަލުގައި ހައްޔަރުކުރެވިފައިކަމަށް މީޑިޔާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނަމަވެސް ބައެއް މީޑިޔާތަކުން ބުނެފައިވާ ގޮތުގައި ހައްޔަރުކުރެވުނު އަމީރުންނަކީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އަވަހާރަކޮށްލެއްވުނު އަމީރެއްގެ ދެބެންގެ ދެދަރި ބައެއްކަމަށާއި، އަދި އެފަރާތްތަކުން ގޮވާލަމުންދިޔައީ އަވަަހާރަކޮށްލެއްވުނު އަމީރަށް ޙައްޤު ހޯދައިދިނުމަށްކަމަށެވެ.

ސަޢުދީގެ އިޤްޠިޞާދީ ރީފޯމް އެޖެންޑާގެ ދަށުން ދަޢުލަތުގެ ފަރާތުން  އަމީރުންނަށް ބިލްދެއްކުންފަދަ ކަންކަމުގައި ޚަރުދުނުކުރުމަށް ނިންމާފައިވާއިރު، އެގައުމުގެ ރަސްކަމުންވަނީ ސަރުކާރުގެ މުވައްޒަފުންނަށް ލިވިން ކޯސްޓު އެލަވަންސެއްގެ ގޮތުގައި 1000 ރިޔާލުގެ ބޯނަހެއް ކޮންމެ މަހަކު ދިނުމަށް ނިންމާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.