އެމެރިކާއަށާއި އިސްރާޢީލަށް ރާއްޖޭގެ ބަހުގެ ހޫނު ޙަމަލާތަކެއް އަމާޒުވުން

ޤުދުޞްގެ މައްސަލައިގައި އދ.ގެ އާންމު މަޖިލީހަށް ހުށަޢެޅުނު ގަރާރަށް ވާހަކަދެއްކުމަށް ދިވެހިރާއްޖެއަށް ލިބުނު ފުރުޞަތުގައި، ރާއްޖޭގެ މަންދޫބު އެމެރިކާއަށާއި އިސްރާއީލަށް ވަރުގަދަ ބަހުގެ ޙަަމަލާތަކެއް ރައްދު ކުރައްްވައިފިއެވެ.

އެގޮތުން، ކޮންމެ ގައުމަކުން ތަބާވަނީ އަދި ޢަމަލު ކުރަމުންދަނީވެސް ގަނޫނީ ހުކޫމާތާ އެއްގޮތަށްކަމަށާއި، ދުނިޔޭގެ އެންމެ ބާރުގަދަ ގައުމަށްވެސް މިއުޞޫލުން ބޭރުން ކަންކަން ކުރުމުގެ ފުރުޞަތެއް ނޯންނާނެ ކަމަށް، އދ.އަށް ދިވެހި ރާއްޖޭއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވަނީ ވިދާޅުވެފައެވެ. އަދި މިޙަޤީޤަތް މީގެކުރީގައި ފަލަސްތީނު މައްސަލާގައި ހުށަހެޅުނު ގަރާރުތަކަށް ލިބުނު ނަތީޖާތަކުންވެސް އެނގިގެންދާކަން ނަޞީރު ފާހަގަކުރެއްވިއެވެ. އަދި ފަލަޞްޠީނަކީ މިނިވަން ދަޢުލަތެއްކަން އިސްރާއީލުން ބަލައިގަންނަންޖެހޭ ކަމަށާއި، އެއީ އިރުމަތީގެ މައްސަލަ އަށް އޮތް ހައްލުކަމަށްވެސް ނަޞީރު ވިދާޅުވިއެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން، ފަލަޞްޠީނުގެ ދަޢުލަތް އޮންނަންޖެހޭނީ 1967 ވަނަ އަހަރު އދ. އިން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ކަމަށާއި، މިހާތަނަށް އެ ސަރަހައްދުގެ ސުލްހައަށް އދ. އިން ނިންމާފައިވާ ކަންކަަމަށް އިސްރާއީލުން ތަބާވާންޖެހޭ ކަމަށްވެސް އަލީ ނަސީރު ވިދާޅުވިއެވެ.

ޤުދުޞްއަކީ އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގެންފާވާ ނިންމުން ،އަނބުރާ ގެންދިޔުމަށް އެގައުމަށް ގޮވާލާ އދ.ގެ އާންމުމަޖިލީހަށް ހުށައެޅި މިގަރާރު ވަނީ ފާސްކޮށްފައެވެ. އަދި އެމެރިކާގެ އިންޒާރުތަކަށް ގޮންޖެހުމަށްފަހު މިޤަރާރު ކޯސްޕޮންސަރ ކޮށްފައިވަނި ދިވެހިރާއްޖެއިންކަންވެސް ފާހަަގަކޮށްލަންޖެހޭއެވެ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.