ފުލުހުން ދެކިލޯގެ ކްރިސްޓަލް މެތާއެކު ދެމީހަކު ހައްޔަރުކޮށްފި

12

ހަޅުމާލޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދެކިލޯގެ ކްރިސްޓަލް މެތް އަތުލައިގަނެ ދެމީހަކު ހައްޔަރުކޮށްފިއެވެ.

އިޝްތިހާރު Below Header ad

މަސްތުވާތަކެތީގެ އެންމެ ނުރައްކާތެރި އެއް ބާވަތް ކަމަށްވާ ‘ކްރިސްޓަލް މެތް’ އަކީ، ރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ މަސްތުވާ އެއްޗެއްކަމަށް ފުލުހުންވަނީ ހާމަކުރައްވާފައެވެ.

މި އޮޕަރޭޝަނުގައި ތުހުމަތުކުރެވޭ މީހަކު ހުޅުމާލޭ އެމްޕީއެލް ކައިރިން ހުއްޓުވުމަށްފަހު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ މަސައްކަތްކުރާ ތަނުގެ ގުދަނެއް ބަލައިފާސްކުރުމުގެ ތެރޭގައި ވަނީ، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 76 ބޮޑު ރަބަރު ގަނޑު ހޯދާފައިކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.  އެގޮތުން ފެނުނު ތަކެތީގެ ތެރޭގައި ހަޝިޝް އޮއިލްކަމަށް ޝައްކުކުރެވޭ 5200 ގްރާމްގެ ތަކެއްޗާއި، ހެރޮއިންކަމަށް ޝައްކުކުރެވޭ 503 ގްރާމްގެ ތަކެއްޗާއި އަދި ކްރިސްތަލް މެތުކަމަށް ޝައްކުކުރެވޭ 2081 ގްރާމްގެ ތަކެތި ހިމެނޭކަމަށް އެފަރާތުން ހާމަކުރައްވައެވެ. އަދި ހަމަ މިގޮތުން، ފުލުހުން ހިންގި އެ އޮޕަރޭޝަންގައި އަތުލާތްގަތް މަސްތުވާތަކެތީގެ ތެރޭގައި ކްރިސްޓަލް މެތް ފެނިފައިވާކަމަށާއި، މިއީ މިހާތަނަށް ކްރިސްޓަލް މެތް ރާއްޖެއިން މިހާ ގިނަ އަދަދަކަށް ފެނުނު ފުރަތަމަ ފަހަރުކަމަށްވެސް  މޫސާ އަލީ ވަނީ ފާހަގަކުރައްވާފައެވެ.  33

މިއޮޕަރޭޝަނަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްކަމަށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ ވަނީ ހާމަކުރައްވާފައެވެ. އަދި ފުލުހުން ހިންގި އޮޕަރޭޝަނުގައި އަތުގެލައިގެންފައިވާ މަސްތުވާތަކެތީގެ މަގުމަތީގެ އަގު 10 މިލިއަން ރުފިޔާއަށް އަރާކަމަށްވެސް އެފަރާތުން މަޢުލޫމާތުދެއްވައެވެ.

މީގެ އިތުރުން މިއޮޕަރޭޝަނުގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި 40 އަހަރުގެ ދިވެއްސަކާއި 32 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ހިމެނޭއިރު، ހައްޔަރުކުރެވުނު ދިވެހި މީހާއަކީ މީގެކުރިންވެސް މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ޙުކުމްކޮށްފައިވާ މީހެކެވެ. އަދި ޕެރޯލްގެ ދަށުން އެމީހާ ދޫކޮށްފައި ވީނަމަވެސް އޭނާގެ ޕެރޯލްގެ މުއްދަތު މިހާރުވަނީ ހަމަވެފައެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންނަށްވެސް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. ދިވެހިރާއްޖޭގެ ގިނަ ޢަދަދެއްގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފާވާއިރު، އެފަރާތްކުން މަސްތުވުމަށް ބޭނުންކުރަމުންދާ ބާވަތްތައްދަނީ ފުޅާވަމުންކަން ފާހަގަކޮއްލަންޖެހޭއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.