
ޖުމްހޫރީ ފަންސާހުގެ ލޯގޯ ސަރުކާރުގެ ހުރިހާ ލިޔެކިޔުމެއްގައި ބޭނުންކުރަން ފަށަނީ
ޖުމްހޫރީ ފަންސާހުގެ ޙަރަކާތްތަކުގައި ބޭނުންކުރެއްވުމަށްޓަކައި ކަނޑައަޅުއްވާފައިވާ ލޯގޯ، ސަރުކާރުގެ އެންމެހާ ރަސްމީ ސިޓީތަކާއި އަދި ލިޔުންތަކުގައި ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ހަމަޖައްސަވައިފިއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އެނިންމެވުމުގެ ދަށުން، އަންނަ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް އަހަރުދުވަހުގެ ތެރޭގައި، ސަރުކާރުގެ އެންމެހާ ރަސްމީ ލިޔެކިޔުންތަކުގައި ޖުމްހޫރީ ފަންސާހުގެ ލޯގޯ ބޭނުންކުރެވިގެންދާނެއެވެ
ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި މި ލޯގޯ ޖެއްސެވުމަށްޓަކައި، ކަމާބެހޭ އެންމެހާ މަޢުލޫމާތު މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ސަރުކާރުގެ އޮފީސްތަކަށް ދެއްވާނެކަމަށްވެސް ރައީސް އޮފީހުންވަނި ބުނެފައެވެ.