އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް އިން ކުރިޔަށް ގެންދިޔަ ލައްކަ ސާމާނު ޕްރޮމޯޝަން 16 އޮކްޓޯބަރ 2017 ގެ ނިޔަލަށް ނިމިފައިވުމާއެކު، މިއަދު ހެނދުނު އެސްޓީއޯ ކޮންސްޓްރަކްޝަން ފަސް ނަންބަރު ސޭލްސް ސެންޓަރުގައިވަނީ ނަސީބުވެރިން ހޮވުމުގެ ގުރުއަތު ނަގާފައެވެ.
މި ޕްރޯމޯޝަންއަކީ 500,000/- ރުފިޔާގެ ބިޔަ ޕްރޮމޯށަނެކެވެ. މިގޮތުން 5 ނަސީބުވެރިންގެ ތެރެއިން ކޮންމެ ބައިވެރިޔަކަށްވެސް 100,000/- ރުފިޔާގެ ކޮންސްޓްރަކްޝަން ސާމާނު ހިލޭ ލިބުމުގެ ފުރުޞަތު އޮންނާނެއެވެ. އެގޮތުން ލައްކަ ސާމާނު ޕްރޮމޯޝަންގެ ނަސީބުވެރިންގެ ކޫޕަންތައް ނަންގަވައިދެއްވީ އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ޖެނެރެލް މެނޭޖަރ ޢަބްދުލް ވާޙިދް މޫސާއެވެ.
- ޕްރޮމޯޝަންގެ 5 ވަނަ ނަސީބުވެރިޔާގެ ކޫޕަން ނަންބަރަކީ: 01433
- ޕްރޮމޯޝަންގެ 4 ވަނަ ނަސީބުވެރިޔާގެ ކޫޕަން ނަންބަރަކީ: 10640
- ޕްރޮމޯޝަންގެ 3 ވަނަ ނަސީބުވެރިޔާގެ ކޫޕަން ނަންބަރަކީ: 05498
- ޕްރޮމޯޝަންގެ 2 ވަނަ ނަސީބުވެރިޔާގެ ކޫޕަން ނަންބަރަކީ: 10339
- ޕްރޮމޯޝަންގެ 1 ވަނަ ނަސީބުވެރިޔާގެ ކޫޕަން ނަންބަރަކީ: 10237
މި ޕްރޮމޯޝަން މައިގަނޑު ބޭނުމަކީ އެސްޓީއޯ އިން ވިޔަފާރިކުރަމުންދާ އަދި ޙިދުމަތް ލިބިގަންނަމުންދާ ޢާންމު ކޮންޓްރެކްޓަރުންނަށް މި ދާއިރާގައި ވީހާވެސް ފައިދާވާނެ އަދި އަގުކުރެވޭނޭ ގޮތަކަށް ވީހާވެސް ވެލިއުބޮޑު އިނާމްތަކެއް ލިބުމުގެ ފުރުޞަތު މަގުފަހިކޮށްދިނުމެވެ.