
ވޯލްޑް ކަޕް ކޮލިފައިންގެ ގިނަ މެޗުތަކެއް މިރޭ..
2018 ވަނަ އަހަރު ރަޝިއާގައި ބޭއްވޭ ވޯލްޑް ކަޕަށް ކޮލިފައި ވުމަށް ކުޅެވޭ ކޮލިފައިންގެ ގިނަ މެޗުތަކެއް މިރޭ ކުޅޭނެއެވެ. އެގޮތުން ޔޫރަޕް ބައްރުގެ ކޮލިފައިންގެ 9 މެޗެއް މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ޔޫރަޕް ބައްރުގައި މިރޭ ކުޅޭ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ބަލާލާއިރު މިރޭ ކުޅޭ ހުރިހާ މެޗެއްވެސް ފަށަން ހަމަޖެހިފައިވަނީ މިރޭ ރާއްޖޭގަޑިން ރޭ ގަނޑު 11:45 ގައެވެ. މިރޭ ކުޅޭ މެޗުތަކުގައި ބައްދަލުކުރާ ޓީމުތަކަށް ބަލާއިރު :
އޮސްޓްރިއާ އަދި ވޭލްސް
މޮލްޑޯވާ އަދި ސާބިއާ
ރިޕަބްލިކް އޮފް އަޔަލެންޑް އަދި ޖޯޖިއާ
މެސެޑޯނިއާ އަދި އިޒްރޭލް
އިޓަލީ އަދި ސްޕެއިން
ލީޗްތެސްޓެއިން އަދި އަލްބޭނިއާ
އައިސްލޭންޑް އަދި ފިންލޭންޑް
ތުރުކީ އަދި ޔުކްރެއިން
ކޮސޯވޯ އަދި ކްރޮއޭޝިއާ
މީގެ އިތުރުން އޭސިއަން ވޯލްޑް ކަޕް ކޮލިފައިން ގެވެސް ދެ މެޗެއް މިރޭ ކުޅެވޭނެއެވެ. އެގޮތުން މިރޭ 9 ޖަހާއިރު ޔޫއޭއީ އަދި ތައިލެންޑް ބައްދަލުކުރާއިރު މިރޭ 10:45 ގައި ސައުދީ އަރަބިޔާއާއި އޮސްޓްރޭލިއާ ބައްދަލުކުރާނެއެވެ.



