އއ. އުކުޅަހުގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި

އެކަށީގެންވާ ނަރުދަމާގެ ނިޒާމްގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން  އއ. އުކުޅަހުގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސްޓެޓިކް ކޮންޕެނީ ޕްރައިޓް ލިމިޓެޑް އާއި މި މިނިސްޓްރީއާއި ދެމެދު މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ވަގުތީގޮތުން ހިންގުމާއި ހަވާލުވެ ހުންނެވި ޑރ.މުޙައްމަދު މުޢިއްޒެވެ. އަދި ސްޓެޓިކް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރ، ޕްރޮޖެކްޓްސް އެންޑް އޮޕަރޭޝަންސް، އަލްފާޟިލް އިބްރާހިމް ޝަހުދު އަހްމަދެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓު އެމް.ޑަބްލިޔު.އެސް.ސީ.އާ ޙަވާލުކުރެވިފައި ވަނީ 18,849,999.91 ދިވެހި ރުފިޔާއަށެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 12 މަސް ދުވަހެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ބާކީ 300 އަކުރު

ބާކީ 300 އަކުރު

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.