ޕްރެޒެންޓޭޝަން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައި

ޑިމޮކްރެސީ ހަފުތާގެ މުނާސަބަތުގައި ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ޔުނިވަރސިޓީ/ ކޮލެޖުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރެޒެންޓޭޝަން  ހުށަހެޅުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު 2017 އޮގަސްޓް 23 ވަނަ ދުވަހުން ފެށިގެން 2017 ސެޕްޓެންބަރު 5 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

ޑިމޮކްރަސީއާމެދު އާންމުން ހޭލުންތެރިކުރުވުމާއި، ވީހާވެސް ގިނަ ފަރާތްތަކަށް ޑިމޮކްރަސީއާގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ޔުނިވަރސިޓީ/ކޮލެޖު ދަރިވަރުންނަށް ޑިމޮކްރެސީ އާއި އިންތިޚާބުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤުސަދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުން 1 ވަނަ އަށް ހޮވޭ ޓީމަކަށް 25000 ރުފިޔާ، ދެވަނަ އަށް ހޮވޭ ޓީމަކަށް 15000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް 10000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.

އިޝްތިހާރު Below Header ad

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2017 ސެޕްޓެންބަރު 5 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ” ޑިމޮކްރަސީ ހަފްތާ 2017 – ޕްރެޒެންޓޭޝަން ހުށަހެޅުމުގެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް” ފުރިހަމަ ކުރެއްވުމަށްފަހު އެ ޔުނިވަރސިޓީ/ކޮލެޖުގެ ސިޓީއާއި އެކު އިލެކްޝަންސް ކޮމިޝަނަށް ހުޅަހަޅަންޖެހެއެވެ. ބައިވެރިވުމަށް އެދޭ ފޯމާއި ޕްރެޒެންޓޭޝަން މުބާރާތުގެ ގަވާއިދު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭއިރު، ބައިވެރިންގެ އެޕްލިކޭޝަން ރަސްމީ ގަޑީގައި އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނުން ބަލައިގަންނަމުންދާނެއެވެ. އަދި [email protected]  އަށް އީމެއިލް ކުރުމުންވެސ އެޕްލިކޭޝަން ބަލައިގަންނާނެއެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނާއި ޕަބްލިކް ސަރވިސް މީޑިއާ (PSM) އަދިި ދިވެހިބަހުގެ އެކެޑަމީއާ ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.