އެމް.ޓީ.ސީ.ސީ އާއި ސޭވްދަ ބީޗް ގުޅިގެން ހިރިލަންދޫ ސާފުކޮށްފި

އެމް.ޓީ.ސީ.ސީ އާއި ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރަމުންދާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސޭވްދަ ބީޗްއާއި ގުޅިގެން، ތ. ހިރިލަންދޫގައި ސާފުކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހިރިލަންދޫ ބޯޓްޔާރޑްގެެ ގޮނޑުދޮށް ސަރަހައްދުގައެވެ.

އިޝްތިހާރު Below Header ad

19 އޮގަސްޓް 2017 ވަނަ ދުވަހު ހެނދުނު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ހިރިލަންދޫ ސްކޫލްގެ ގްރޭޑް 7، 8، 9 ގެ ދަރިވަރުންނާއި ޓީޗަރުން، ރަށު ކައުންސިލް، މޯލްޑިވްސް ޕޮލިސް ސާރވިސް އަދި ރަށުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާތަކުން ޖުމްލަ 80 ބައިވެރިން ބައިވެރިވިއެވެ.

މި ހަރަކާތް ވަރަށް ކާމިޔާބުކަމަށް ހަރަކާތުގެ ބައިވެއިން މައުލޫމާތު ދެއްވައެވެ. އެގޮތުން ޖުމްލަ 640.01 ކިލޯގެ ކުނި އެސަރަހައްދުން ވަނީ ހޮވާފައެވެ. އަދި ދެވަނަ ފަހަރަށް ބޭނުންވާ ކުނި ވަކި ކޮށް ކަމާބެހޭފަރާތް (ސޭވް ދަ ބީޗް) އާއި ހަވާލުކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެމް.ޓީ.ސީ.ސީ ގެ ފަރާތުން ތ. ހިރިލަންދޫ ކައުންސިލަށް ވަނީ 10 ޑަސްޓްބިން ހަދިޔާ ކޮށްފައެވެ.

ސުޒުކީ ކްލީންއަޕް ދަ ވަރލްޑް ކެމްޕެއިންއަކީ ސުޒުކީ ކޯރޕަރޭޝަންއިން ދުނިޔޭގެ ތިމާވެއްޓަށްދޭ ސަމާލުކަން ހާމަކޮށްދިނުމުގެ ގޮތުން ސުޒުކީގެ ކަސްޓަމަރުންނަށް އަދި ޕަބްލިކްއަށް މިކަމުގެ މުހިންމުކަން އަނގާދިނުމަށް، އެފަރާތުގެ އިސްނެގުމުގެ ދަށުން 2010ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ހަރަކާތެކެެވެ.

މި ހަރަކާތުގައި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ސުޒުކީގެ އައުޓްބޯޑް އިންޖީން ވިއްކާ ފަރާތްތައް ބައިވެރިވެއެވެ. މިގޮތުން އެމް.ޓީ.ސ.ީސީ ގެ ފަރާތުން 2015ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު މި ޙަރަކާތެއް ދަނީ ހިންގަމުންނެވެެ.

މިގޮތުން މި އަހަރަކީ އެމްޓީސީސީގެ ފަރާތުން މި ޕްރޮގްރާމް ހިންގަމުން ދާތާ ތިން ވަނަ އަހަރެވެ. މިދިޔަ ދެ އަހަރުވެސް މި ޕްރޮގްރާމް ހިންގައިފައިވަނީ ވިލިމާލޭގައެވެ. ނަމަވެސް މިފަހަރު، މާލެ ސަރަޙައްދު ފިޔަވާ އެހެން ސަރަހައްދެއްގައި މި ޙަރަކާތް ހިންގުމުގެ މަޤްސަދަކީ ތިމާވެށީގެ މުހިންމުކަން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުޅުއްވާ ފަރާތް ތަކަށްވެސް އަންގައި މިކަމަށް ކުރިއަށް އޮތްތާގައި ވެސް ސަމާލުކަމާއި ހޭލުންތެރިކަން އިތުރު ކުރުމެވެ.

މި ޙަރަކާތުގެ ބައިވެރިންނަށް އެކި ބާވަތްބާވަތުގެ ކުންޏާ އެތަކެތި ނައްތާލަންޖެހޭ ގޮތް ތަކާއި އެތަކެތިން ލިބޭ ގެއްލުން އަދި ދެވަނަ ފަހަރަށް ބޭނުންކުރެވޭ ކުންޏަކީ ކޮބާކަން ފަދަ މުޙިންމު މަޢުލޫމާތު ތަކެއް ފޯރުކޮށްދެވުނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.