އެސްޓީއޯ “ރަމަޒާން ބާޒާރު” ޕްރޮމޯޝަންްގެ ނަސީބުވެރިން ހޮވައިފި

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އަދި ރީޖަނަލް ފީހާރަތަކުގައި ރޯދަމަހަށް ހާއްސަކޮށްގެން 26 މާރޗް އިން 24 ޖޫން 2017 ގެ ނިއަލަށް ކުރިޔަށް ގެންދިޔަ “ރަމަޒާން ބާޒާރު” ޕްރޮމޯޝަން ނިމި އެ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފިއެވެ.

މިޕްރޮމޯޝަންގައި -/1000 ރުފިޔާއިން މަތިން ކުރެއްވި ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގެންނެވިއެވެ. އަދި ގުރުއަތުން ދިމާވި ފަރާތްތަކަށް ކޮންމެ ހަފްތާއަކު އިނާމު ތަކެއް ލިބިގެން ދިޔައެވެ. އޭގެތެރޭގައި ފިލިޕްސް ޓީވީ، ހިޓާޗީ ޝަވަރ ހީޓާ، ފިލިޕްސް ހެއަރ ކާރލާ، މަކިޓާ ޕެޓްރޯލް ކީސް އަދިވެސް ވަރަށް އަގުހުރި އިނާމްތައް ހިމެނެއެވެ.

އިޝްތިހާރު Below Header ad

އަދި މީގެ އިތުރުން ޕްރޮމޯޝަން ނިމި ގްރޭންޑް ލަކީޑްރޯގެ ނަސީބުވެރިންްް ހޮވަައި އެފަރާތް ތަކަށް ވަރަށް އަގުހުރި ބޮޑެތި އިނާމްތަކެއް ލިބިގެންދިޔައެވެ. މިގޮތުން ލިބުނު އިނާމު ތަކުގެތެރޭގައި ސަންލޭންޑް ޖާރނީގެ ފަރާތުން ހުށަހަޅާފައިވާ 2 މީހަކަށް ބެންކޮކް ދެކޮޅު ޓިކެޓް، މޯލްޑިވިއަންގެ ފަރާތުން ހުށަހަޅާފައިވާ ޗެންނާއީ ދެކޮޅު ޓިކެޓް، އަދާރަން ހުދުރަން ފުށި ރިސޯޓް އަށް ދެރޭގެ ހުރުން އަދި ސަންފްރަންޓް ލިވިންގ ގެ ފަރާތުން ހުށަހަޅާފައިވާ ގާރލެންޑޯ މޭޒެއް ހިމެނެއެވެ. މީގެ އިތުރުން ހިޓާޗީ ފްރިޖް، މެޝިން، އޭސީ، އެއަރ ފްރަޔަރ، ޕްރޮޖެކްޓަރ އަދި އިތުރު އިނާމްތައ ހިމެނެއެވެ. އެސްޓީއޯއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ޕްރޮމޯޝަން ތެރޭގައި -/300،000 ރުފިޔާއަށްވުރެ ގިނަ އަގުރުހި އިނާމްތައް ހިމެނެއެވެ.

ރަމަޒާން ބާޒާރް 2017 ގެ ނަސީބު ވެރިންނަށް ހޮވިފައިވަނީ 1 ވަނައަށް ހޮވިފައިވަނީ މުހައްމަދު ފިރާގުއެވެ. އަދި ދެވަނައަށް ހަސަންކޯ ހޮވުނު އިރު، 3 ވަނައަަށް ހޮވިފައިވަނީ ޢަބްދުﷲ ސަޢީދެވެ. މީގެ އިތުރުން 4 ވަނައަށް އެމްޑީ ރަބިން މިއާ ހޮވުނު އިރު، 5 ވަނައަށް ހޮވިފައިވަނީ ޢަބްދުއްރައުފް އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.