ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކުރުމަށް ސަޢޫދީ އާމަޝްވަރާކޮށްފި

ރާއްޖޭގެ ދަނޑުވެރިކަން ފުޅާކުރުމާއި މަސްވެރިކަމުގެ ދާއިރާއިން ފުރުޞަތުތައް ތަނަވަސްކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރރީ ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ވޯޓަރ އެންޑް އެގްރިކަލްޗަރ، ހިޒް އެކްސެލެންސީ ޢަބްދުއްރަޙްމާން ބިން ޢަބްދުލް މުޙްސިން އަލް ފަޛްލީގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

އިޝްތިހާރު Below Header ad

ސަޢޫދީ ޢަރަބިއްޔާގެ ކިންގ ސަޢުދު ގެސްޓް ޕެލަސްގައި އޮތް މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވަނީ ރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ދޭތެރޭގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އަދި އެޤައުމުން ރާއްޖެއަށް ދެމުން ގެންދާ ސްކޮލަރޝިޕްވެސް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

ސަޢޫދީ ރަސްގެފާނުގެ ދަޢުވަތަކަށް އެޤައުމަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަނީ ސަލްމާން ރަސްގެފާނާވެސް ބައްދަލުކުރައްވާފައެވެ.

އެ ދެބޭފުޅުންގެ ދެމެދުގައި ބޭއްވެވި ރަސްމީ ވާހަކަތަކާ މަޝްވަރާތަކުގައި ޒަމާނުއްސުރެވެސް ދެޤައުމުގެ ދެމެދުގައި އޮންނަ އަޚުވަންތަކަމުގެ ގުޅުމުގެ ވާހަކަތައް ވަނީ ޙިއްޞާ ކުރައްވާފައެވެ.

އަދި ސަޢޫދީން ރާއްޖޭގެ ތަރައްޤީއަށް ފޯރުކޮށްދެމުން ބޮޑެތި އެހީތައް ފާހަގަ ކުރައްވައި، އެކަންކަމަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ރާއްޖެ އޮތީ ސަޢޫގަދީއާ އެކުގައި ކަމަށް މި ބައްދަލު ކުރެއްވުމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ދެޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން މިވަގުތު އޮތީ އެންމެ މަތީގައި ކަމަށެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ޔާމީން ވަނީ ސަލްމާން ރަސްގެފާނު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ ދަޢުވަތު އަރުއްވާފައެވެ. އަދި ސަލްމާން ރަސްގެފާނު އެ ދަޢުވަތު ޤަބޫލުފުޅު ކުރައްވައިފައިވާ ކަމަށާއި ރާއްޖެއަށް ޒިޔާރަތް ކުރައްވާނެ ކަމަށް ރަސްގެފާނު ވިދާޅުވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސަލްމާން ރަސްގެފާނު ވަނީ 2014 ވަނަ އަހަރުވެސް ރާއްޖެއަށް ޒިޔާރަތެއް ކުރައްވާފައެވެ. އޭރު އެމަނިކުފާނު ހުންނެވީ ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދުގެ މަޤާމުގައެވެ.

ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް

މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑޮކްޓަރ މުޙަންމަދު ޢާޞިމާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދާއި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު ޝައިނީ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް، ފޮރިން ރިލޭޝަންސް މުޙަންމަދު ނަޞީރާއި ދިވެހިރާއްޖެއިން ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަބްދުﷲ ޙަމީދާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޓަރނޭޝަނަލް ސްޕޯކްސްޕަރސަން އިބްރާހީމް ޙުސައިން ޝިހާބު ބައިވެރިވެވަޑައިގެންނެވިއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.