ޚަބަރު ފީތާ

އައިޖީއެމްއެޗުގައި ޤުރްއާން މުބާރާތެއް ފަށައިފި

އައިޖީއެމްއެޗުގައި ޤުރްއާން މުބާރާތެއް ފަށައިފިއެވެ.

މިއީ އެ ހޮސްޕިޓަލުގެ މުައައްޒަފުންނަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގައި 40އަށްވުރެ ގިނަ މުއައްޒަފުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި އެކި ފަންތީގެ މުއައްޒަފުން ހިމެނެއެވެ.

އަންނަ ބްރާސްފަތި ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މުބާރާތް އޮންނާނީ އެ ހޮސްޕިޓަލުގެ އޯކިޑް މާލަމުަގއި ކޮންމެ ދުވަހެއްގެ ހެނދުނު 10ން 12އަށެވެ.

Rate this post