އުފެއްދުންތެރި ޕްރޮޖެކްޓްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، އުރީދޫ އިން ޓޫ ތައުސަން އައިލްސް އާއި ޕާޓްނަރވެއްޖެ!

އުރީދޫއާއި ޓޫ ތައުޒަން އައިލްސް ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކުރިކަން އުރީދޫ މޯލްޑިވްސްއިން މިއަދު އިއުލާންކޮށްފިއެވެ.

މި ޕްރޮޖެކްޓަކީ މަޝްހޫރު ފޮޓޯގްރާފަރ އައިޝަތު ނަޖް އަދި ލިޔުންތެރިޔާ ޑެނިއެލް ބޮސްލޭގެ ބައިވެރިވުމާއެކު ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ ތާރީޚީ ކަންކަން އެކުލަވާލުމަށް ކުރިއަށްގެންދެވޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގައި ފޮޓޯ ޖަރނަލިޒަމް އަދި ޓްރެވަލް ބޮލްގިންގ މެދުވެރިކޮށް ރާއްޖޭގެ ރަށްތަކުގެ ދިރިއުޅުމާއި ވެށި ދައްކުވައިދެވޭނެއެވެ.

އިޝްތިހާރު Below Header ad

ޓޫ ތައުސަން އައިލްސް ޓީމް, ރާއްޖޭގެ އާބަދުވެފައިވާ ހުރިހާ ރަށްރަށަށް ޒިޔާރަތްކޮށް، މަސައްކަތްކުރުމަށް ބޭނުންވާ މުވާސަލާތީ އެހީތެރިކަން، އޮފިޝަލް ޓެލެކޮމިއުނިކޭޝަން ޕާރޓްނަރއެއްގެ ގޮތުން އުރީދޫއިން ފޯރުކޮށްދޭނެއެވެ.

“މުޖުތަމައުގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކުންފުންޏަކަށް ވެފައި، އަޅުގަނޑުމެންގެ އިންޓަނެޓް ޚިދުމަތުގެ އެހީގައި، މިފަދަ އުފެއްދުންތެރި ޕްރޮޖެކްޓްތަކެއް ޒުވާނުން ހިންގާތީ އަޅުގަނޑުމެން އުފާކުރަން. ޓޫ ތައުސަން އައިލްސް ޓީމުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގޮސް، ރާއްޖޭގެ މުޅިން އާ ވާހަކަތަކެއް ހޯދާ ޑޮކިއުމަންޓްކުރުމަށް ކުރާ ދަތުރަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.” އުރީދޫގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވިއެވެ.

“ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި އަޅުގަނޑުމެން މި ކުރަމުންދާ މަސައްކަތް އުރީދޫގެ އެހީތެރިކަމާއި ނުލާ ކުރިއަތްގެންދިއުން ދަތި، އެހެންކަމުން އެކުންފުނީގެ އެއްބާރުލުން އަގުވަޒަންކޮށް ޝުކުރު އަދާކުރަން. އުރީދޫގެ ނޭޝަންވައިޑް 4ޖީ ނެޓްވަރކް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް އަޕްލޯޑް ކުރަމުންދާ ބްލޮގް ޕޯސްޓުތަކާއި ސޯޝަލް މީޑިއާ އަޕްޑޭޓްތަކުގެ އެހީގައި، މި ދަތުރުގެ ކޮންމެ ފިޔަވަޅެއްވެސް، އަޅުގަނޑުމެންގެ ފޮލޮވާރޒް އާއި ހިއްސާކޮށްލެވޭ” ޓޫ ތައުސަން އައިލްސްގެ ކޯ ފައުންޑަރ އައިޝަތް ނަޖް ވިދާޅުވިއެވެ.

http://twothousandisles.com ނުވަތަ އެންމެ އެދިލައްވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެއް މެދުވެރިކޮށްވެސް، ޓޫ ތައުސަން އައިލްސް ގެ މި ހާއްސަ ދަތުރު ގާތުން ބަލަމުންދެވޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.