މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް އެސްޓީއޯ ގްރޫޕްއިން ކ.ގުރައިދޫގައި ޤާއިމްކޮށްފަައިވާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ރޯދަހަދިޔާ ހަވާލުކޮށްފިއެވެ.
މިގޮތުން 22 މެއި 2017 ވީ އާދިއްތަ ދުވަހު އެސްޓީއޯ ގްރޫޕް ކުންފުނިތަކުގެ އިސްވެރިންގެ ޓީމެއް ގުރައިދޫއަށް ވަޑައިގެން އެ ސެންޓަރުގައި ތިބި ބަލިމީހުންގެ ޙާލު ބައްލަވައި، މި ރޯދަހަދިޔާތައް ސެންޓަރާއި ޙަވާލުކޮށްދެއްވާފައިވެއެވެ.
މި ހަދިޔާއާއި އެ ސެންޓަރުގެ ފަރާތުން ޙަވާލުވެލެއްވީ އެ ސެންޓަރުގެ ސީއީއޯ އަހުމަދު ލިއުޝާން އެވެ.
އެސްޓީއޯގެ ސީއެސްއާރު ހަރަކާތްތަކުގެ ދަށުން ވޭތުވެދިޔަ އަހަރުތަކުގައި އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯ ސުޕަރމާޓުން ވިއްކާ ތަފާތު އައިޓަމްތައް ވާނީ މި ސެންޓަރަށް ހަދިޔާ ކޮށްފައެެވެ.