ޚަބަރު ފީތާ

”ކޫލްނަސް އޮފް ދަ އައިޒް“

އަލް ޢަސްރުގެ ”ކޫލްނަސް އޮފް ދަ އައިޒް“ ނަމާދު ވޯރކްޝޮޕް އަނެއްކާވެސް ބާއްވަނީ

އަލް ޢަސްރުގެ ފަރާތުން އާންމުންނަށް ހުޅުވާލެވިގެންނާއި މޯލްޑިސްވްސް ނެޝަނަލް ޔުނިވަރސިޓީ ގެ ދަރިވަރުންނަށް ހާއްސަކޮށްގެން ”ކޫލްނަސް އޮފް ދަ އައިޒް“ ގެ ނަމުގައި ނަމާދު ވޯރކްޝޮޕްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

”ކޫލްނަސް އޮފް ދަ އައިޒް“ އަކީ ނަމާދުގެ ފިޤުހު ކިޔަވާ ދޭ ގޮތަށް ރޭވިފައިވާ ވޯރކްޝޮޕެއް ކަމަށް އަލް ޢަސްރުގެ ފަރާތުން މައުލޫމާތުދެއްވި އެވެ. މި ވޯރކްޝޮޕް ތަކަކީ ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިހް އާދަމް ޝަމީމް ކިޔަވާ ދެއްވާ ގޮތަށް ހަމަޖެހިފައިވާ ވޯރކްޝޮޕް ތަކެއް ކަމަށްވެސް އަލް ޢަސްރުގެ ފަރާތުން މައުލޫމާތު ދެއްވި އެވެ.

އަދި އެބޭފުޅުން ވިދާޅުވި ގޮތުގައި މި ވޯރކްޝޮޕްގެ ދިގުމިނަކީ ދެ ދުވަސް ކަމަށާއި މި ދެ ވޯރކްޝޮޕްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫގެ ބިޒްނަސް ސްކޫލް އޮޑިޓޯރިއަމްގައެވެ.

އަލް ޢަސްރުގެ ފަރާތުން އިތުރަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ވޯރކްޝޮޕް ތަކަކީ ރަމަޝާން މަހުގެ ކުރިން ކޮންމެ އަހަރަކުވެސް އެބޭފުޅުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން އެޕްރީލް މަހުގެ 28 އަދި 29 މި ދެ ދުވަހު މޯލްޑިސްވް ނެޝަނަލް ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލް އާ ގުޅިގެން ކުރިއަށް ގެންދާ ވޯރކްޝޮޕްގައި ބައިވެރިވެވޭނީ ހަމައެކަނި މޯލްޑިސްވް ނެޝަނަލް ޔުނިވަރސިޓީގެ ދަރިވަރުންނަށް ކަމަށާއި ވޯރކްޝޮޕުގައި ބައިވެރިވުމަށް ހުށައަޅަން ޖެހޭ ފޯރމް އެމް.އެން.ޔޫ ގެ ބިޒްނަސް ސްކޫލް ރިސެޕްޝަނުން މިހާރު ލިބިވަޑައިގަންނަވާނެ ކަމަށް މައުލޫތުދެއްވިއެވެ.

މީގެ އިތުރުން 12 އަދި 13 މެއި ގައި އާންމުންނަށް ހުޅުވާލެވިގެން ކުރިއަށްގެންދާ ވޯރކްޝޮޕްގައި ބައިވެރިވުމަށް ބޭނުންފުޅުވާނަމަ ޓިކެޓް ބައްލަވައިގަނެގެން ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެހެމުންދާކަމަށް އެބޭފުުޅުން މައުލޫމާތު ދެއްވިއެވެ.

މި ވޯރކްޝޮޕްތަކާ ބެހޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވެ ލައްވާނަމަ އަލް ޢަސްރުގެ މޯބައިލް ނަންބަރ 7925277 އަށް ގުޅުއްވާލެއްވުމަށް އަލް ޢަސްރުގެ ފަރާތުން އިލްތިމާސްކުރެއްވިއެވެ.

Rate this post