ޚަބަރު ފީތާ

ރޯގާއަށް ބޭނުންވާ ބޭސް އެސްޓީއޯގެ ފާރމަސީތަކުން ލިބެން ހުންނާނެ: އެސްޓީއޯ

ރާއްޖޭގައި މިހާރު ފެތުރެމުންދާ ހުމާއި ރޯގާ އަށް ބޭނުންވާ ބޭސްތައް އެސްޓީއޯއިން ރާއްޖޭގެ ކޮންމެ ރަށެއްގައި ޤާއިމުކޮށް ހިންގަމުންދާ ފާމަސީ ތަކުން ހުސްނުވެ ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އެކުންފުނިން ދީފިއެވެ.

އެސްޓީއޯއިން މައުލޫމާތު ދިންގޮތުގައި އެސްޓީއޯއިން ދަނީ އެކުންފުނީގެ ފާމަސީތަކުން މިފަދަ ބޭސްތައް ހުސްނުވާނެހެން ހަރުދަނާ ފިޔަވަޅު ތަކެއް އަޅައި ވަރަށް ކައިރިން ބަލަމުންނެވެ. އެގޮތުން އެކުންފުނިން ދަނީ ކޮންމެ ދުވަކުވެސް މާލެ އާއި އަތޮޅު ތަކުގައި ޤާއިމު ކޮށްފައިވާ ރީޖަނަލް ފާމަސީތަކަށް ބޭސް ފޯރުކޮށްދެމުންނެވެ. އަދި މިދުވަސްކޮޅު މިބޭސް ތަކަށް އާދަޔާޚިލާފަށް ބާރު ބޮޑު ވެފައިވާތީ، އެސްޓީއޯއިން  ވަނީ ރީޖަނަލްސް ފާމަސީތަކުގައި ކޮންޓިންޖެންސީ ސޮޓްކެއް ޤާއިމް ކޮށްފައެވެ. އެގޮތުން އެއް ރަށަކުން ބޭހުގެ ސްޓްކް މަދުވެއްޖެ ހާލަތެއްގައި ވަގުތުން ކައިރި ރީޖަނަލްސް ފާމަސީއިން ބޭސް ފޮނުވާލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އިންފުލުއެންޒާ ވައިރަހުން ސަލާމަތް ވުމަށް ބޭނުންވާ ވެކްސިނާއި އަދި ހުމަށް ބޭނުންވާ ޚާއްސަ ބޭސްތައް މިނިސްޓްރީ އޮފް ހެލްތްގެ ލަފާގެ މަތިން އެސްޓީއޯއިން ދަނީ ރާއްޖެ އެތެރެކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ކަމާ ބެހޭ ފަރާތްތަކާއި ހަވާލުކުރަމުންނެވެ. އަދި އިންފުލުއެންޒާ ވެކްސިންއާއި އެންޓި ވައިރަލް ބޭސް އެޗްޕީއޭގެ ބެލުމުގެ ދަށުން ހޮސްޕިޓަލްތަކާއި ފުލޫ ކްލިނިކް ތަކުން ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން މައުލޫމާތު ދިނެވެ.

Rate this post