”ޤަދަރުން ޤަދަރަށެވެ.“

އުމަރުގެފާނުގެ ޙިލާފަތެެވެ. އަބޫ އުބައިދާ ބުން ޖައްރާ رضي الله عنه ، އޭރު ގަވަރުނަރަކަށް ހުންނެވި ޝާމްއަށް ދައުލަތުގެ ދަތުރެއްގައި عمر بن الخطاب رضي الله عنه އާއި ބައެއް ސަހާބީން ވަޑައިގަތެވެ. ޝާމްގެ ބޭރުން އަބޫ އުބައިދާ ބުން ޖައްރާ رضي الله عنه އާއި އެކަލޭނގެފާނުގެ ސަހާބީން އުމަރުގެފާނާއި ބައްދަލުކުރައްވައި ޝާމްގައި ބަލިމަޑުކަމެއް ފެތުރިގެންދާ ހަބަރު ދިނެވެ. އެ ހިނދު އުމަރުގެފާނާއި އެއްކޮށް ޝާމް އަށް ވަޑައިގަތް ސަޙާބީންގެ ޚިޔާލު ތަފާތުވިއެވެ. ބައެއް ސަހާބީބޭކަލުން  އަނބުރާ މަދީނާއަށް ދާން އުަަމަރުގެފާނަށް ދެންނެވިއިރު ބަކީ ތިއްބެވި ސަހާބީން ދެންނެވިއެވެ. ”ތިމަންނަމެން މަދީނާއިން އައީ ވަކި ބޭނުމެއްގައެވެ.ދެން އަނބުރާ މަދީނާއަށް ދިއުމަކީ އެންމެ ރަނގަޅު ގޮތްތޯއެވެ؟“ .عمر بن الخطاب رضي الله عنه އަންސާރު ބޭކަލުންނާއި ގުރައިޝުންގެ ތެރެއިންވާ ސަހާބީބޭކަލުންނާއި ވަކިވަކިން މަޝްވަރާ ކުރެއްވުމަށްފަހު އަނބުރާ މަދީނާއަށް ދާން ނިންމަވައި އެކަން އިއުލާން ކުރެއްވިއެވެ. އެ ހިނދު އަބޫ އުބައިދާ ބުން ޖައްރާ رضي الله عنه އުމަރުގެފާނަށް ދެންނެވިއެވެ. “ ކަލޭގެފާނު ﷲގެ ޤަދަރުފުޅުން ފިއްލަވަނީތޯއެވެ؟“ އުމަރުގެފާނު ޖަވާބު ދެއްވީ މި ހިކުމަތްތެރި ބަސްފުޅާއިއެކުގައެވެ. “  އަބޫ އުބައިދާ އެވެ. އާނއެކެެވެ! އަހަރެމެން ފިލައިގެން މި ދަނީ ﷲގެ ޤަދަރުން ﷲގެ ޤަދަރަށެވެ. 

އަބްދުއްރަޚްމާން ބުން އައުފް رضي الله عنه އެ މަޖިލީހަށް ވަޑައިގެން ދެންނެވިއެވެ. ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވި އަޑު އަހުރެން އެހީމެވެ. “ އެބިމެއްގައި ބަލިމަޑުކަމެއް ވާކަމަށް ތިޔަބައިމީހުންނަށް އިވިއްޖެނަމަ އެބިމަކަށް ތިޔަބައިމީހުން ނުވަންނާށެވެ. އަދި ތިބާ އެބިމެއްގައި ވަނިކޮށް ބަލިމަޑުކަމެއް ފެތުރޭނަމަ ތިޔަބައިމީހުން އެއިން ފިލަން އެބިމަކުން ނުނިކުންނާށެވެ.“

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަބްދުއްރަޚްމާން ބުން އައުފް رضي الله عنه މި ހަދީޘް ބަސްފުޅު މަޖިލީހަށް ހަދުމަ ކޮށްދެއްވައި ސަޙާބީ ބޭކަލުންގެ މެދުގައި އުފެދުނު ޙިޔާލު ތަފާތުތަށް ، އެއްގޮތްކުރެއްވުމުން عمر بن الخطاب رضي الله عنه ﷲއަށް ޚަމްދު ކުރިއެވެ. އަދި ސަޚާބީންނާއިއެކު އަނބުރާ މަދީނާއަށް ވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.