”ދާރް އަލް ހިކްމަ“ މި ނަމުގައި ފޭސްބުކް ޕޭޖް އެއް ހުޅުވައިފިއެވެ.މި ޕޭޖް އަކީ ބުކްޝޮޕް އެއް ގޮތަށް ހިންގާ ޕޭޖެކެވެ.ޕޭޖް ހިނގާ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި އެބޭފުޅުން މި ޕޭޖް ގައި ވިއްކުމަށް ކަނޑައަޅައިފައިވަނީ އިސްލާމް ދީން އަދި އިޖްތިމާޢީ ހޭލުން ތެރިކަމާއި ގުޅުން ހުރި ފޮތާއި ލިޔެކިޔުމާއި އަދި ގޭމް ފަދަ ތަކެތި ކަމަށެވެ.އެގޮތުން ދަރިން ތަރުބިއްޔަތު ކުރުމަށް ބޭނުން ކުރެވިދާނެ އިސްލާމީ އެކި ތަފާތު ވަސީލަތްތައް ހިމެނެއެވެ.
އޭގެ ތެރޭގައި ފޮތްފޮތާއި،ދީނަށް އަހުލުވެރިކޮށް ހަނދާން ކޮށްދިނުމަށް ބޭނުން ކުރެވިދާނެ ތަކެއްޗާއި،ނަމާދު ކުރުވުމަށް ޝައުގުވެރި ކުރުވާނެ ކަހަލަ އަދި އިސްލާމީ ގިއު ގަނޑުގެ ތެރެއިން ކުޅެވޭނެ ގޮތަށް ތައްޔާރު ކޮށްފާވާ ގޭމް ތައް ވެސް މި ޕޭޖް އިން ލިބެއެވެ.
މި ޕޭޖް މެދުވެރި ކޮށް ލިބެން ހުރި ބައެއް ފޮތް ތަކަށް ބަލާލާއިރު އެކި އުމުރުފުރާ ތަކާއި ގުޅޭ އެކި ފޮތްތައް އެބަހުއްޓެވެ.ކުޑަކުދިންގެ ދީނީ މައުލޫމާތު މުއްސަނދިކޮށް ދީނަށް ޝައުގުވެރި ކުރުވަން ކިޔާ ދެވިދާނެ ފޮތްތައް ހިމެނެއެވެ.އެގޮތުން ފާހަގަ ކޮށްލެވޭ އެއް ފޮތަކީ ”ދަވޭޓު ޖައްނަ“ މި ފޮތެވެ.މި ފޮތަކީ ކުޑަކުދިންނަށް ހާއްސަ ލިފްޓް ދަ ފްލެޕް ފޮތެކެވެ.
ދިރިއުޅުމުގައި އާއްމު ގޮތެއްގައި މުސްލިމެއްގެ ހައިސިއްޔަތުން ކަންކަން މެދުވެރިވާ ހާލަތްތަކުގައި އެ ހާލަތަކާ ގުޅޭގޮތުން ކިޔަންޖެހޭ އިސްލާމީ ގޮތުން ސާބިތުވެފައިވާ ބަސްތައް މި ފޮތުން ކުދިންނަށް ދަސްކޮށްދެވޭނެއެވެ.އެއީ ހާލަތު ބަޔާން ކުރުމަށްފަހު ކިޔަންވީ ދުއާ ކުއްޖާ އާއި ސުވާލުކުރުމަށްފަހު އެ ޖަވާބު ރަނގަޅު ތޯ މި ފޮތުން ބަލާލުމުގެ ފުރުސަތު ވަރަށް ރީތި ގޮތަކަށް ވަނީ ގެނެސްދީފައެވެ.
އަދި ”ޕްރޮފެޓްސް ޕޮންޑް“ މި ފޮތަކީ ރަސޫލާ ﷺ ގެ ފެންއާރާއި ބެހޭގޮތުން ލިޔެފައިވާ ކުޑަކުދިންނަށް އެވާހަކަ ފަސޭހައިން ދެނެގަނެވޭނެ ކަހަލަ ގޮތަކަށް ގެނެސްދީފައިވާ ވާހަކައެކެވެ.ރަސޫލުބޭކަލުންގެ ވާހަކަތައްވެސް މި ޕޭޖްގައި ހިމަނާފައިވެއެވެ.އޭގެ ތެރޭގައި އާދަމްގެފާނު،ނޫހްގެފާނު،އިބްރާހީމްގެފާނު،މޫސާގެފާނު އަދި އީސާގެފާނުގެ ވާހަކަވެސް ލިބެން އެބަހުއްޓެވެ.
އަދި ރަސޫލާ ﷺ ގެ އަނބިކަނބަލުން އުއްްމުލް މުއްމިނީން ޚަދީޖާ ރަޞިއައްﷲ އަންހާގެ ވާހަކަވެސް މި ޕޭޖްގައި ވިއްކަން އެބަހުއްޓެވެ.މިނޫންވެސް އިތުރު ފޮތްތައް ޕޭޖް މެދުވެރި ކޮށް ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ލިބިގެންދާނެކަމަށް ޕޭޖް ހިނގާ ފަރާތުން ދެންނެވިއެވެ.
ޕޭޖްގައި ދެން އިތުރަށް ލިބެން ހުރި ބައެއް އެއްޗެއްސަށް ބަލާލާއިރު ކުޑަކުދިން ނަމާދަށް ޝައުވެރިކޮށް އާދަކޮށް އެކަމަަށް އަހުލުވެރިކުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ”ޕްރޭޔަރ ޕްރެކްޓިސް“ ގެ ނަމުގައި ކަލަންޑަރ އެއް ގޮތަށް ހަދާފައިވާ އުފެއްދުން ފާހަގަ ކޮށްލެވެއެވެ.އަދި ގެއަށް ވަންނަމުންނާއި ނުކުންނަމުން ކިޔާ ދުޢާ،ފާޙަނާއަށް ވަންނަމުންނާއި ނުކުންނަމުން ކިޔާ ދުޢާ ފަދަ އާންމު ދިރިއުޅުމުގައި ކިޔާ ދުޢާތައް ހިމެނޭގޮތަށް ”ރިމައިންޑް މީ“ ގެ ނަމުގައި ފާރުގައި ހަރުކުރާގޮތަށް ހަދާފަައިވާ އެއްޗަކާއި މި ދުއާތަށް ފަސޭހައިން ހިތުދަސް ކުރެވޭނެ ގޮތަށް ހަދާފައިވާ ”ވަޓް ޓު ސޭ ވެން“ ވެސް ލިބެން އެބަހުއްޓެވެ.
އިތުރަށް ލިބެންހުރި ތަކެއްޗަށް ބަލާލައިރު“ ބޮކްސް އޮފް މެނަރސް“ އަކީ ތިން ވައްތަރެއްގެ ގޭމް އެއް އޭގެން ކުޅެވޭގޮތަށް ހަދާފައިވާ 2 ނުވަތަ އެއަށް ވުރެ ގިނަކުދިން އެއްކޮށް ކުޅެވޭގޮތަށް ދީނުގައި ކަނޑައެޅިފައިވާ އަދަބު އަހްލާގު ދަސްކޮށްދެވޭނެ ގޭމް އެކެވެ.އަދި ”ވަޓްސް ނެކްސްޓް“ މި ގޭމް އަކީ ނަމާދު ވަގުތުތަކާއި ވުޟޫ އަދި ނަމާދު ކުރާ ގޮތް ތަރުތީބުން ކިޔާ ސައްހަ ދުޢާތަކާއި އެކު އެކަލަވާލައިފައިވާ ގޭމް އެކެވެ.އަދި ސަހާބީންގެ މައުލޫމާތު އެކުލެވޭގޮތަށް ހަދާފައިވާ ”ކޮންޕޭނިއަން ކަލެކްޝަން“ މި ގޭމް އަކީ ދީނާ ޙިލާފް ގޭމްތަކުގައި ކުދިން ހޭދަކުރުވުމުގެ ބަދަލުގައި ދީނާ ކުޑަކުދިން ގާތް ކުރުވާ ދީނީ މައުލޫމާތު ޝައުގުވެރި ގޮތަކަށް މުއްސަނދި ކުރުމަށް އޮތް ފުރުސަތެކެވެ.
މި ޕޭޖް ގައި ހިމަނާފައިވާ ހުރިހާ ތަކެއްޗަކީވެސް ސައްހަ އަދި ދުޢާތަކަކީ ރިފެރެންސާ އެކު ހިމަނާފައިވާ ތަކެއްްޗެވެ.އަދި މި ވަގުތު ލިބެން ހުރި ތަކެތީގެ އިތުރުން އެހެން ފޮތްތަކާއި ގޭމްތައް އަދިވެސް ކުރިއަށް އޮތް މުސްތަޤްބަލުގައި ލިބިގެންދާނެކަމަށް އެބޭފުޅުން މައުލޫމާތު ދެއްވިއެވެ.
”ދާރް އަލް ހިކްމަ“ ގެ ފޭސްބުކް ލިންކް އަކީ https://www.facebook.com/daralhikmahbooks/ އަދި އިތުރު މައުލޫމާތު މި ޕޭޖްއާއި ބެހޭގޮތުން ބޭނުންފުޅުވެ ލައްވާނަމަ އެބޭފުޅުންގެ ނަންބަރ 7798810 އަށް މެސެޖު ނުވަތަ ގުޅުއްވާލެއްވުމުން ލިބިގެންދާނެއެވެ.