ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަށް އިނގިރޭސި ބަހުން ވިއްކަން ނިންމައިފިއެވެ.
ދިވެހި ފޮތާއި އިނގިރޭސި ފޮތް އަދި ޤާނޫނު ފޮތްބައި އިނގިރޭސިބަހުން ޕްރިންޓް ކުރުމަށްފަހު ވިއްކަން އެޓާނީ ޖެނެރަލްގެ އޮފީހުން އިއުލާން ކޮށްފައިވާއިރު އެ އޮފީހުން ކޮށްފައިވާ މި އިއުލާނުގައި ބުނެފައިވަނީ އެއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ޚަރަދުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދިވެހި ފޮތާއި އިނގިރޭސި ފޮތް އަދި ޤާނޫނު ފޮތްބައި އިނގިރޭސިބަހުން ޕްރިންޓްކޮށް ވިއްކައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
ޤާނޫނު އަސާސީގެ ދިވެހި ފޮތާއި އިނގިރޭސި ފޮތް އަދި ޤާނޫނު ފޮތްބައި އިނގިރޭސިބަހުން ޕްރިންޓް ކުރުމަށްފަހު ވިއްކުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2017 މާޗު 08 ވާ ބުދަ ދުވަހުގެ 11:00 އަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ވަޑައިގެން މަޢޫލުމާތު ސާފުކުރެއްވުމަށްވެސް އެފަރާތުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.
އަދި 2017 މާޗު 14 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުވުމަށް ވެސް މި އިއުލާންގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު މި އިއުލާނުގައި ބުނެފައިވަނީ އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ މަޢުލޫމާތު ސާފުކުރެއްވުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމަށާއި މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތް ތަކަށް އެފުރުސަތު ނުދެވޭނެ ޖަމަށެވެ.