ޚަބަރު ފީތާ

183 ދަރިވަރުންނާއެކު 31ވަނަ ޤައުމީ ޤުރްއާން މުބާރާތް ފަށައިފި

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިއަހަރުގެ މުބާރާތުގައި 12 އަތޮޅަކުން ބައިވެރިވެފައިވާ އިރު، މި މުބާރާތް ބާއްވަނީ ބައިނަލްއަޤްވާމީ މުބާރާތަކަށް ބަދަލުކޮށް، ޤައުމީ މުބާރާތެއްގެ ގޮތުގައެވެ.

މި މުބާރާތުގައި އަންހެން އަދި ފިރިހެން ބައިވެރިން ވަކިން ވާދަކުރާ އިރު، މިއީ ޤައުމީ މަރުކަޒުން މިމުބާރާތް ބާއްވާ 8ވަނަ އަހަރެވެ.
މިއަހަރުގެ މުބާރާތުގައި ބަލައިގެން ކިއުމުގެބައިގާ 131 ބައިވެރިން، ހިތުން ކިއުމުގެ ބައިގާ 52 ބައިވެރިން، އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކުން 20ބައިވެރިން ވަނީ ބައިވެރިވެފައެވެ.

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އަތޮޅު ކައުންސިލުތަކަށާއި ރަށު ކައުންސިލުތައް އަދި އަމިއްލަ ޖަމާޢަތްތަކަށް ހުޅުވާލި މި މުބާރާތުގައި ބައިވެރިވުމަށް ވަކިޢުމުރުފުރަައެއް ނެތެވެ. ހަމައެކަނި ދިވެހިންނަށް ހުޅުވާލާފައިވާ މި މުބާރާތުގައި ރާއްޖޭގެ މަޝްހޫރު ޤާރީންނަށް ބައިވެރިއެއް ނުވެވެއެވެ.
މި މުބާރާތުގައި ބަލއިގެން ކިއުމާއި ހިތުން ކިއުމުގެ ގޮފިން 1ވަނަ 2ވަނަ އަފި 3ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ގޮތްޕަކުން އެންމެ ރަނގަޅު އަންހެން އަދި ފިރިހެން ދަރިވަރުހޮވާނެއެވެ.
މުޅިމުބާރާތުން އެންމެމޮޅު ސިޓީ، އަތޮޅު އަދި ޖަމިއްޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދޭނެއެވެ.
އަދި ކޮންމެ ގޮތްޕަކުން އެންމެމޮޅު ދަރިވަރަށްވެސް ރައީސްގެ ޚާއްޞަ އިނާމު ދޭނެއެވެ.

Rate this post