އިނގިރޭސި ވިލާތުގެ ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް އިން ރާއްޖޭގެ ތައުލީމީ ނިޒާމަށް ހުސް ތައުރީފް!

އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް މި މަހުގެ 24 ން 27 ށް ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސްގެ ދައުވަތަކަށް އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސްގެ މައި އޮފީހަށް ޒިޔާރަތްކުރައްވައިފި އެވެ.

އެކަމަނާގެ މި ޒިޔާރަތުގައި ކެމްބްރިޖް ޔުނިވަރސިޓީގެ އިސްވެރިންނާއި ބައްދަލުކުރައްވާ، މިހާރުވެސް އެޑިއުކޭޝަން މިނިސްޓްރީ އާއި ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް ގުޅިގެން އަލަށް ތައާރަފުކުރެވިފައިވާ ޤައުމީ މަންހަޖުގެ ފޮތްތަކުގެ މަސައްކަތްތަކާއި ގުޅިގެން ކުރެވެމުންދާ ތަފާތު މަސައްކަތްތަކާއި މެދު ވަރަށް ތަފްސީލީ މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.

އިޝްތިހާރު Below Header ad

މިގޮތުން ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކާއި، މިފަދަ ގޮންޖެހުންތައް ދަރިވަރުންނަށް ނަފާ ކުރުވަނިވި ފުރުސަތުތަކަކަށް ބަދަލުކުރުމަށް ރައީސް ޔާމީނުގެ ސީދާ އިރުޝާދުފުޅުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީގެ ތަފާތު ޑިޕާޓްމަންޓްތަކާއި ސެކްޝަންތައް އަދި ސްކޫލްތަކުގެ ވެރިންނާއި މުދައްރިސުން ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކަށް ވަރަށް ތަފްސީލުކޮށް މިނިސްޓަރ އަލިއަޅުއްވާލައްވާފައި ވެއެވެ.

އަދި އައު މަންހަޖު ހުރިހާ ގްރޭޑެއްގެ ފޮތްތައް ތައްޔާރުކުރުމުގެ މަސައްކަތުގައި ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް އިން ލިބެމުންދާ އެހީތެރިކަމަކީ އަގުނުކުރެވޭ ފަދަ ނަފާ ދިވެހި ރައްޔިތުންނަށް ލިބެމުންދާ ކަމަށް ވާތީ މިކަން ފާހަގަކުރައްވާ ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް އަށް މިނިސްޓަރ ޝުކުރު ދެންނެވިއެވެ.

ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސްގެ ބައެއް ބޭފުޅުން ވަނީ ދާދި ފަހުން މާލެ ވަޑައިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބައެއް ބޭފުޅުންނާއި، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ ކަރިކިއުލަމްގެ މަސައްކަތްތަކުގައި ހަރަކާތްތެރިވެ ވަޑައިގެންނަވާ ބޭފުޅުންނާއި ބައްދަލުކުރައްވާފަ އެވެ.

އެބޭފުޅުންގެ މި ދަތުރުގައި މާލެ އާއި ބައެއް ރަށްރަށުގެ ސުކޫލްތަކަށް ޒިޔާރަތްކުރައްވާ ސްކޫލްތަކުގައި ކިޔަވައިދެއްވަމުން ދިޔަ ބައެއް ކްލާސްތައް ބައްލަވައިލައްވައި، ސްކޫލްތަކުގެ ވެރިންނާއި މުދައްރިސުންނާއި ވަނީ ބައްދަލުކުރައްވާފަ އެވެ.

މިނިސްޓަރާއި އެކު ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސްގެ ބޭފުޅުން ބައްދަލުކުރައްވާ ކުރިއަށްގެންދެވި މަޝްވަރާތަކުގެ ތެރޭގައި ރާއްޖޭގެ އައު ޤައުމީ މަންހަޖު ސްކޫލްތަކުގައި ތަންފީޒުކުރެވެމުންދާ ގޮތާއި މެދު ނުހަނު އުފާކުރާ ކަމަށާއި، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މުދައްރިސުން މިކަމުގެ ތެރޭގައި ވަރަށް ބޮޑަށް ޝާމިލްވެ ވަޑައިގެން ހަރަކާތްތެރިކަމާއިއެކު އުޅުއްވާ އުޅުއްވުން ވަރަށް ބޮޑަށް ފާހަގަކުރެވޭކަމަށް ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސްގެ ބޭފުޅުވަނީ ވިދާޅުވެފަ އެވެ. އަދި އައު މަންހަޖުގެ ހުރިހާ ގްރޭޑެއްގެ ޓެކްސްޓް ފޮތްތައް ހެދުމުގެ މަސައްކަތުގައި އެން.އައި.އީ ގެ ފަންނީ ބޭފުޅުންގެ ފަރާތުން ލިބޭ އެހީތެރިކަންވެސް ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސްގެ ފަރާތުންވެސް ވަނީ ފާހަގަކުރައްވާ އެބޭފުޅުންނަށްވެސް ތައުރީފުކުރައްވާފަ އެވެ. އަދި ސަރަހައްދީ ފެންވަރުގައި ބަލާނަމަ، ތައުލީމީ ނިޒާމަށް އެންމެ ބޮޑު އިންގިލާބީ ބަދަލުތަކެއް ކާމިޔާބު ކަމާއިއެކު ގެނެސް، ހަލުވި ސްޕީޑެއްގައި ނަތީޖާ ނެރެމުންދާ ގައުމަކީ ދިވެހިރާއްޖެކަން ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސްގެ ބޭފުޅުން ފާހަގަކުރެއްވި އެވެ.

އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސްގެ މައި އޮފީހަށް މިނިސްޓަރ އާއިޝަތު ޝިހާމް ކުރެއްވި ޒިޔާރަތުގައި ކުރެވުނު މަޝްވަރާތަކަށްފަހު ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސްގެ އޮފީސް ބައްލަވާލައްވާ، އެތަނުގައި ހުރި ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސްގެ މިއުޒިއަމްއަށްވެސް ޒިޔާރަތްކުރެއްވި އެވެ. އަދި ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސްގެ މައި އޮފީހުގައި ހުރި އެފަރާތުން ޕަބްލިޝްކޮށް ޕްރިންޓްކޮށްފައިވާ ގިނަދުވަސްވީ ބައެއް ފޮތްތަކާއި ލިޔުންތައްވެސް ބައްލަވާލެއްވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.