ފޮނަދޫ ރޫޙް އެފްސީން ގާދޫ ފޮގް ޖޫނިއަސް ޓީމް ކޮޅަށް 12 ލަނޑު ޖަހައިފި.

މިހާރު ލ.ފޮނަދޫ ގައި ކުރިޔަށްދާ ”އަދުރޭ ފުޓްސަލް ޗެލެންޖް 2017“ ގައި އިއްޔެއާ ރޭ ވެސް ވަނީ ފޯރިގަދަ މެޗުތަކެއް ކުޅެވިގެން ގޮސްފައެވެ.

އެގޮތުން އިއްޔެއާއި ރޭ ކުޅެވުނު މިމެޗުތަކަށް ބަލާއިރު އިއްޔެ ހަވީރު ކުޅެވުނީ މި މުބާރާތުހެ 8 ވަނަ މެޗެވެ. 16:10 ގައި ކުޅެވުނު މި މެޗުގައި ބައްްދަލުކޮށްފައިވަނީ ބަރުލަމާނީ އާއި ވިކިންގްސް އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

16251954 1242441415832700 8908164758714914689 o

މި މެޗު ނިމިގެންދިޔައީ ފޯރިގަދަ ކުޅުމަކަށްފަހު 3:3 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެ އޮވެގެންނެވެ. މިއީ މި މުބާރާތުގައި މި ނަތީޖާގައި ދެޓީމު އެއްވަރުވެގެން ނިމުނު ފުރަތަމަ މެޗުކަން ފާހަގަކޮށްލަންޖެހެއެވެ.

މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޖާޒީ ނަމްބަރ 7 މުޙައްމަދު ސިނާޒް (ސީކޯ) އެވެ.

16300551 1242441275832714 199290645333193766 o

ދެވަނަ އަށް ކުޅެވުނީ މިމުބާރާތުގެ 9 ވަނަ މެޗެވެ. އިއްޔެ ހަވީރު 17:10 ގައި ކުޅެވުނު މި މެޗުގައި ބައްދަލުކޮށްފައިވަނީ ގާދޫ ފޮގް ޖޫނިއަސް އާއި ފޮނަދޫ ރޫޙް އެފްސީ އެވެ. މި މެޗު 12:0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ރޫހް އެފްސީ އެވެ. މީ މި މުބާރާތިގައި މިހާ ބޮޑުތަފާތަކުން ޓީމެއް ބަލިވި ފުރަތަމަ ފަހަރެވެ.

16252459 1242471702496338 3402362747751332305 o

މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ރޫހް އެފްސީގެ ޖާޒީ ނަމްބަރ 7 އިބުރާހިމް ރަޝީދު އެވެ.

16179603 1242471552496353 2459997915320401312 o

މި މުބާރާތުގެ 10 ވަނަ މެޗުގައި ރޭ 20:30 ގައި ބައްދަލުކޮށްފައިވަނީ އިވަލްސް އާއި އެފްސީ ކުންފޫ އެވެ. މި މެޗު 9:4 ގެ ނަތީޖާއިން ކާމިޔާބުކުރީ އިވަލްސް އެވެ.

މި މުބާރާތުގެ 11 ވަނަ މެޗުގައި ރޭ 21:30 ގައި ބައްދަލުކޮށްފައިވަނީ މާމެންދޫ ޑީޑީއެފް އާއި ކުރިގަމު ބޮލޫ ބްރިޖްއެވެ. މި މެޗު 7:1 ގެ ނަތީޖާއިން މެޗު ކާމިޔާބުކުރީ މާމެންދޫ ޑީޑީއެފް އެވެ.

16299575 1241525815924260 4521725089911968166 o 1

މި މުބާރާތުގެ 12 ވަނަ މެޗުހައި ރޭ 22:30 ގައި ބައްދަލުކުރީ ގަމު މުކުރިމަގު ކަންމަތި އާއި ގާދޫ ފޮގް ސީނިއަރ ޓީމެވެ. މި މެޗު 6:0 ގެ ނަތީޖާއިން ކާމިޔާބުކޮށްފައިވަނީ ކަންމަތީ ޓީމެވެ.

މި މެޗުން ބަލިވުމުން ގާދޫ ފޮގް ސީނިއަރ ޓީމަށް މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ވަނީ ކެނޑިފައެވެ. ފޮގް ވަނީ ކުޅުނު ދެމެޗުން ވެސް ބަލިވެފައެވެ.

މިއަދާ މިރޭވެސް މި މުބާރާތުގެ ފޯރިގަދަ މެޗުތަކެއް ކުޅެވޭނެއެވެ. މިއަދު ހަވީރު 16:10 ގައި ކުޅެވޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ރިދަމް އާއި ގޯޅި އެވެ. 17:10 ގައި ކުޅޭ ދެވަނަ މެޗުހައި ބައްދަލު ކުރާނީ އެމިގޯސް އާއި ކ.ބޯލާ އެވެ.

މިރޭ 20:30 ގައި ކުޅެވޭ މެޗުގައި  ބައްދަލުކުރާނީ ޕީޓްރަސް އާއި ދި ލެޖެންޑްސް އެވެ. 21:30 ގައި ކުޅެވޭ މެޗުގައި ވިކިންގްސް އާއި ޓީމް ޖީސްޓާ ބައްދަލުކުރާއިރު 22:30 ގައި ކުޅެވޭ މެޗުގައި ބައްދަލުކުރާނީ ގާދޫ ފޮގް ޖޫނިއަސް އާއި ޓީމް ފެއާ ޕްލޭ އެވެ. މި މެޗުން ފޮގް ޖޫނިއަސް ބަލިވެއްޖެ ނަމަ އެޓީމަށް ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ކެނޑޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.