ގދ. ވާދޫގައި ކުނިކޮށި ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.
މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައިޒާ ޕްރައިވެޓް ލިމިޓެޑާއެވެ.
މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމެވެ. އަދި ރައިޒާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ހުސެއިނެވެ.
ތިންމަސް ދުވަސްތެރޭގައި ނިންމާގޮތަށް ޙަވާލުކުރި މި މަސައްކަތުގެ ޖުމްލަ އަގަކީ 1,165,428.84 ދިވެހި ރުފިޔާއެވެ.