އެއިބާގެ މައްޗަށް ބާސާ ފަސޭހަކަމާއެކު ކުރިހޯދައިފި.

 

ސްޕެނިޝް ލީގުގައި ރޭ އެއިބާ އާއި ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރޭގެ މެޗު ބާސާއިން ކާމިޔާބުކޮށްފައިވަނީ 4:0 ގެ ނަތީޖާއިން އެއިބާގެ މައްޗަށް ކުރިހޯދައިގެންނެވެ.

އެއިބާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ބާސާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުނުއިރު އެޓީމުގެ ފުރަތަމަ ގޯލް މެޗުގެ 32 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ޑެނިސް ސުއަރޭޒްއެވެ.

ފުރަތަމަ ހާފް ނިމުމުގެކުރިން ނޭމާ އާއި އަރްދާ ޓުރާންއަށް ވަނީ ބާސާގެ ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެހެން ނަމަވެސް ޓުރާން އަދި ނޭމާ އަށް ލިބުނު މި ފުރުސަތުތަކުގެ ބޭނުން ކުރެވޭގޮތް ވަނީ  ނުވެފައެވެ.

ބާސާ ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފް ނިންމާލިއިރު، ދެވަނަ ހާފްގެ ކުރީކޮޅު ލިއޮނަލް މެސީ ވަނީ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ.

ބާސާގެ ތިންވަނަ ގޯލް ޖަހާ އިތުރަށް ލީޑު ފުޅާކޮށްދިނީ  މެޗުގެ 68 ވަނަ މިނެޓްގައި ލުއިސް ސުއަރޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި ބާސާގެ ހަތަރުވަނަ ގޯލް މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ނޭމާއެވެ.

މި މޮޅާއެކު ބާސާ އޮތީ، 41 ޕޮއިންޓާއެކީ ލީގުގެ ތިންވަނައިގައެވެ. ލީގުގެ ދެވަނައިގައި 42 ޕޮއިންޓާއެކި ސެވިއްޔާ އޮތްއިރު، އެއްވަނައިގައި މި ދެ ޓީމަށްވުރެ، އެއް މެޗު މަދުންކުޅެ 43 ޕޮއިންޓާއެކީ އޮތީ، ރެއާލް މެޑްރިޑެވެ.

ސްޕެނިޝް ލީގުގައި ރޭ އިތުރު މެޗެއްވެސް ވަނީ ކުޅެވިގެން ގޮސްފައެވެ. އެއީ އެތްލެޓިކޯ މެޑްރިޑާއި އެތްލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗެވެ. މި މެޗު ނިމުނީ، 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އެ ނަތީޖާއާއެކީ އެތްލެޓިކޯ މެޑްރިޑް މިވަގުތު އޮތީ 35 ޕޮއިންޓާއެކީ ލީގުގެ ހަތަރުވަނަ މަގާމުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.