ޚަބަރު ފީތާ

ޢަރަބި ބަހުގެ ޑިޕްލޮމާ ކޯހެއް ޤުރްއާނާ ބެހޭ މަރުކަޒުން ފަށަނީ

ފޮޓޯ:ވަގުތުއެމްވީ

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން މި އަހަރު ތެރޭގައި ޢަރަބި ބަހުގެ ޑިޕްލޮމާ ކޯހެއް ފެށުމަށް ނިންމައިފިއެވެ.

މިއަހަރުގެ ތެރޭ އަރަބިބަހުގެ ޑިޕްލޮމާ ކޯހެއް ފަށަން ތައްޔަރުވަމުން އަންނައިރު އިތުރު ކޯހެއްވެސް ފެށުމަށް އެމަރުކަޒުން ވަނީ ތައްޔަރުވެފައެވެ. އެގޮތުން އަރަބި ތާނަ ލިޔަން ދަސްކޮށްދޭ ކެލިގްރަފީ ކޯހެއްފެށުމަށްވަނީ ތައްޔަރުވެފައެވެ.

ކީރިތި ޤުރުއާނައިބެހެމަރުކަޒުން ހާމަކުރާގޮތުގައި މިކޯސްތަކުގައި ބައިވުމަށް ޝަރުތުތަކެއްވެސް ވަނީ ކަނޑައެޅިފައެވެ. އެޝަރުތު ތަކަކީ

އަރަބި ބަހުގެ ޑިޕްލޮމާ ކޯހުގައި ބަރިވެރިވެވެނީ ޢުމުރުން 16 އަހަރު ފުރިފައިވާއަދި އެއާ ގުޅޭ ދާއިރާއަކުން ލެވެލް 3 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން ނުވަތަ، އެ މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވެފައިވުމެވެ.

އަދި އަރަބި ތާނަ ލިޔަން ދަސްކޮށްދޭ ކެލިގްރަފީ ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ މަރުކަޒުން ދޭ ބަސްދީގަތުމަކުން ފާސްވާން ޖެހޭނެއެވެ.

މި ދެ ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. އަދި އެ ފަރާތްތަކުން  ފޯމު ފުރުމަށްފަހު އެ މަރުކަޒަށް ހުށަހަޅަން ޖެހޭނީ ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓް ތަކުގެ (އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއެކުއެވެ.

މި ކޯހުގައި ބައިވެރިވުމަށް އެދޭފޯމު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ މަރުކަޒުން ދޫކުރަން ވަނީ ފަށާފައެވެ.

ކީރިތި ޤުރުއާނާއިބެހޭ މަރުކަޒުން މިފަދަ ގިނަ ކޯސްތަކެއް މިހާރުވެސް ދަނީ ހިންގަމުންނެވެ.

Rate this post