މުޅިން އަލަށް ދުވަންފަށާމީހުންނަށް މިއޮތީ ރަނުގެ ފުރުޞަތެއް..

ދިގުދުވުން ނުވަތަ ލޯންގ ޑިސްޓެންސްއަށް އެއްގޮތަކަށްވެސް ނުދުވާ މީހުންނަށް ޓޯޓަލް ފިޓްނަސް ގްރޫޕުން ރަނުގެ ފުުރުޞަރެއް ހުޅުވާލައިފިއެވެ.
ޓީއެފްޖީން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޮކަކޯލާ ލޯންގ ރަންގެ 10 ކިލޯމީޓަރ ދުވުމަށް ތަމްރީނުވުމުގެ ފުރުޞަތު މިވަނީ މުޅިން ހިލޭ ހުޅުވާލާފައެވެ.
މާލެވަށާ 2 ބުރު ނުވަތަ 10 ކިލޯމީޓަރ ދުވުމަކީ ފަސޭހަކަމެއްކަމަށް ހީކުރެވުނަސް އެކަމުގެ ތަމްރީނު ލިބިފައިވާ ފަރާތްތަކުގެ އެހީތެރިކަމާއި އަމިއްލަ މީހާގެ ޢަޒުމަކާއެކު މިއީ ނުވާނެ ކަމެއް ނޫނެވެ.
މިކަން އަމިއްލައަށް ތަޖުރިބާކޮށްލާ 10 ކިލޯމީޓަރގެ ދުވުމެއް ނިންމާލުމުން އެލިބޭ ހިތްހަމަޖެހުން އިޙްސާސް ކޮށްލުމަށް ޓީއެފްޖީގެ މި ފުރުޞަތުގެ ބޭނުން ހިފަމާތޯއެވެ.
މި ތަމްރީނުތަކުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ޓީއެފްޖީގެ 3000834 ނަމްބަރ ފޯނަށް ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް ޓީއެފްޖީން އެދެއެވެ.
ކޮކަކޯލާ ޓީއެފްޖީ ލޯންގ ރަން މިއަހަރު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.