ވަރުގަދަ ރެއާލް މެޑްރިޑް ސެވިއްޔާ އަތްދަށުވެއްޖެ.

ސްޕެނިޝް ލީގުގައި މިހާތަނަށް އަދި އެއްވެސް މެޗަކުން ބަލިވެފައި ނުވާ ރެއާލް މެޑްރިޑް ރޭ ރަށުން ބޭރުގައި ސެވިއްޔާ އަތުން ބަލިވެއްޖެއެވެ.

ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާ އާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރެއާލްގެ ބަލިނުވުމުގެ ސިލްސިލާއަށް ރޭ ނިމުން އައިރު، ރެއާލްއިން ވަނީ ބަލިނުވެ ޖުމްލަ 40 މެޗު ހަމަކޮށް ރެކޯޑެއް ހަދާފައެވެ. މި ރިކޯޑު މީގެކުރިން އޮތީ ބަލިނުވެ 39 މެޗު ހަމަކުރި އެޓީމާ އެންމެ ވާދަވެރި ބާސެލޯނާގެ އަތުގައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފް ލަނޑެއްނުޖެހި އެއްވަރު ވެ އޮވެ ނިމުނުއިރު މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ރެއާލްއިންނެވެ. ރެއާލްއަށް ލިބުނު ޕެނަލްޓީއަކުން މި ލަނޑު މެޗުގެ 67 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ރެއާލްގެ ގޯލަށްފަހު ސެވިއްޔާއިން އިތުރަށް ކުޅުން ވަރުގަދަކޮށް ރަނގަޅަށް ކުޅެމުންދިޔައެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ 85 ވަނަ މިނެޓްގައި ސެވިއްޔާއިން ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކުރިއެވެ. މި ގޯލަކީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މި މެޗުން ސެވިއްޔާ މޮޅުވި ގޯލް، މެޗުގެ ފަހުވަގުތުކޮޅު ތެރޭ ކާމިޔާބުކޮށްދިނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން ނުކުތް ޔޮވެޓިޗްއެވެ. މިއީ ސެވިއްޔާއަށް ބަދަލުވިފަހުން ޔޮވެޓިޗް ކާމިޔާބުކޮށްދިން ދެވަނަ ލަނޑެވެ.

ރޭގެ މޮޅާއެކީ 39 ޕޮއިންޓާއެކީ ލީގުގެ ދެވަނައަށް ސެވިއްޔާ ވަނީ އަރާފައެވެ. ލީގުގެ ތިންވަނައިގައި 38 ޕޮއިންޓާއެކީ އޮތީ ބާސެލޯނާއެވެ. މި ދެ ޓީމަށްވުރެ، އެއް މެޗު މަދުން ކުޅެ ލީގުގެ އެއްވަނައިގައި، 40 ޕޮއިންޓާއެކީ އަދިވެސް އޮތީ ރެއާލްއެވެ.

ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ މަލާގާއާއެވެ. ސެވިއްޔާ ނިކުންނާނީ އޮސަސޫނާ އާއި ދެކޮޅަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.