ކުޑަކުދިންނަށް ޚާއްޞަކޮށްގެން ކަސްރަތު ކްލާސްތަކެއް ޓީއެފްޖީ އިން ފަށަނީ..

ކުޑަކުދިންނަށް ޚާއްޞަކޮށްގެން ކަސްރަތު ކްލާސްތަކެއް ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ފަށަން ނިންމައިފިއެވެ.
ޓީއެފްޖީ އިންބުނީ މި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ފެށުމަށް ނިންމާފައިވާ މި ކްލާސްތަކަކީ ޢުމުރުން 4 އަހަރާއި 7 އަހަރާއި ދެމެދުގެ ޢުމުރުފުރާއަށް ޚާއްޞަކޮށްފައިވާ ކަސްރަތު ކްލާސްތަކެއް ކަމަށެވެ.
އަދި މި ކްލާސްތަކުގެ ހެނދުނުގެ ދަންފަޅި އޮންނާނީ ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހުގެ ހެނދުނު 10:00ގައި ކަމަށާއި މެންދުރުފަހުގެ ދަންފަޅި އޮންނާނީ ހޮނިހިރު، އަންގާރަ އަދި ބްރާސްފަތި ދުވަހުގެ 15:30ގައި ކަމަށާއި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން ޓީއެފްޖީގެ 3000834 ނަމްބަރ ފޯނަށް ގުޅުއްވުމަށް ޓީއެފްޖީ އިން އެދެއެވެ.
ޓީއެފްޖީއިން އަންނަނީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ބޭނުންވާ ގިނަ ކަސްރަތުތަކާއި ސިއްޙީ މަޢުލޫމާތު ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުންނެވެ. އަދި ގިނަ ބައެއްގެ ރުހުމާއި ލޯބިވެސް ވަނީ ހޯދާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.