ވޯލްޑްކަޕުން 48 ޓީމަށް ފުރުސަތު ދޭން ފީފާއިން ނިންމައިފި

 

2026 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ތައްޓަށް ކުޅެވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ފީފާ ވޯލްޑްކަޕުން 48 ޓީމަށް ފުރުސަތު ދޭން ފީފާގެ ކައުންސިލުން ފާސްކޮށްފިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފީފާއިން ވޯލްޑްކަޕްގައި 48 ޓީމަށް ވާދަކުރެވޭ ގޮތަށް ފާސްކޮށްފައިވާއިރު ވޯލްޑްކަޕްގައި މިހާރު ވާދަކުރަމުން ގެންދަނީ 32 ޓީމެވެ.

އެއީ  ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭގޮތަށެވެ. ނަމަވެސް ވޯލްޑްކަޕްގައި 48 ޓީމު ވާދަކުރާގޮތަށް ހަމަޖެގުމުން އާ ފޯމެޓާއެކީ ކޮންމެ ގްރޫޕެއްގައި ހިމެނޭނީ ތިން ޓީމެވެ. އަދި ކޮންމެ ގްރޫޕަކުން ވެސް ދެވަނަ ބުރަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ގަދަ ދެ ޓީމެވެ.

ވޯލްޑްކަޕްގައި މިހާރު ކުޅެނީ 64 މެޗު ކަމަށްވާއިރު އާ ފޯމެޓާއެކީ މުބާރާތުގައި ކުޅޭ މެޗުތަކުގެ އަދަދު 80 އަށް އިތުރުވާނެއެވެ. ފޯމެޓަށް ބަދަލުތަކެއް ގެނައި ނަމަވެސް  ކުރިއެކޭ އެއްގޮތަށް މި މުބާރާތް 32 ދުވަހުގެ ތެރޭގައި ކުޅެ ނިންމާނެއެވެ.

މި ބަދަލާއެކީ އޭޝިއާ އަދި އެފްރިކާ އިތުރު ޖާގަތަކެއް ލިބިގެންދާނެއެވެ.

މިއީ 1998 ވަނަ އަހަރަށްފަހު ވޯލްޑްކަޕްގައި ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ.

ވޯލްޑްކަޕްގައި ބައިވެރިވާ ޓީމުތަކުގެ އަދަދު އިތުރުކުރުމަކީ، ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ، ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން ކެމްޕެއިން ތެރޭގައި ވެވަޑައިގަތް ވައުދުތަކުގެ ތެރެއިން އެއް ވައުދެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.