އެސްޓީއޯ އިން ވިއްކާ ޕެޓްރޯލްގެ އަގު މިއަދުން ފެށިގެން ލިޓަރަކުން 30 ލާރި ބޮޑުކޮށްފި އެވެ.
މިކަން ހާމަކޮށްފައިވަނީ މިއަދު އެސްޓީއޯ އިން ނެރުނު ކުރު ބަޔާނެއްގައެވެ.
އެސްޓީއޯއިން ޕެޓްރޯލް ލީޓަރަކުން 30 ލާރި ބޮޑުކުރިކަން ރަސްމީކޮށް މިއަދު އިއުލާންކޮށްފައިވާއިރު އެކުން ފުނިން ނެރުނު ބަޔާނުގައި ބުނީ ޕެޓްރޯލްގެ އަގަށް ގެނައި ބަދަލާ އެކު މިއަދުން ފެށިގެން ލިޓަރެއް ލިބޭނީ 9.35ރ. އަށް ކަމަށާއި
ޕެޓްރޯލްގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާ ގުޅިގެންކަމަށެވެ.
ޕެޓްރޯލްގެ އަގު 30 ލާރި އަށް ބޮޑުކުރިއިރު އެސްޓީއޯ އިން ވަނީ ފެނަކަ އާއި ސްޓެލްކޯ އަށް ޑީސަލް ވިއްކާ އަގު ވެސް ދާދި ފަހުން ބޮޑުކޮށްފަ އެވެ. މި ބަދަލު ގެނައީ ވެސް ބައިނަލްއަގުވާމީ މާކެޓްގައި ތެލުގެ އަގު ވެސް ބޮޑުވާތީ ކަމަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އެސްޓީއޯ އިން ބުނެފައިވާ ގޮތުގައި ޝެޑުތަކުން އާއްމުންނަށް ވިއްކާ ތެލަކީ އެ ކުންފުނީގެ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް ފަސް ޕަސެންޓެވެ.
ބައިނަލްއަގުވާމީ ތެލުގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އުޅެނީ އެވްރެޖްކޮށް 52 ޑޮލަރުގަ އެވެ. އެކަމަކު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ޑިސެމްބަރު 2015 ގައި 36 ޑޮލަރަށް ވެސް ވެއްޓުނެވެ.
އޭގެ ފަހުން ތެޔޮ ފީފާއެއްގެ އަގު ފުރަތަމަ ފަހަރަށް 50 ޑޮލަރަށް ވުރެ މައްޗަށް އެރީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. މިހާރު ކުޑަކޮށް އަނެއްކާވެސް އަގު މައްޗަށް ޖެހިލީ އޯޕެކް ގައުމުތަކުން ތެޔޮ އުފައްދާ ވަރު މަދުކުރަން ނިންމުމުންނެވެ.